މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ، މިރޭގެ 8:30 އިން ފެށިގެން މިރޭގެ މެންދަމު 1:30 އާއި ހަމައަށް މުޅި ރާއްޖެއަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށެވެ.  އަދި އެ ވަގުތުތަކުގައި ކަނޑުވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ