ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ނަޝީދުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ދަތުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރޮޖާ މަންސިއެންގެ ދައުވަތަކަށް ކުރައްވާ ހަތް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
އެ މަނިކުފާނު ސީޝެލްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.
މަޖިލީހުން ބުނީ، ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.
ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ