މާލޭގެ ބައެއް ސަރަހައްދުތަކުން 45 މިނިޓަށް ކަރަންޓު ކަނޑާލަނީ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު 45 މިނިޓަށް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، ޓްރާންސްފޯމަރު އަޕްގްރޭޑިންގެ މަސައްކަތްތަކެއް މިއަދު މެންދުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިއަދު މެންދުރު 1:00އިން 3:45އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ސާޅީސް ފަސް މިނިޓްހާއިރު ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ. ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވާ ސަރަހައްދު -- ފޮޓޯ/ ސްޓެލްކޯ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އިރުވަންދެން ކަރަންޓު ކެނޑުނެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، މާލޭގެ އެކި ސަރަހައްދުތަކުން އެރޭ ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ