އެއްގަޑިއިރުން ސަލާމަތްވީ 1610 ކިލޯ ވޮޓްގެ ހަކަތަ

އާތު އަވާގެ ގޮތު މިރޭ ފާހަގަކުރި އެއްގަޑިއިރުގެ ތެރޭގައި 1610 ކިލޯ ވޮޓްގެ ކަރަޓް ސަލާމަތް ކުރެވުނު ނަމަވެސް މިއަހަރަކީ އެންމެ ކުޑަ މިންވަރެއް ހަކަތައިގެ ގޮތުގައި ސަލާމަތްކުރެވުނު ފަހަރުކަމަށް ސަރުކާރުގެ ކަރަންޓް ކުންފުނި، (ސްޓެލްކޯ) އިން ހާމަކޮށްފި އެވެ.
އެ ކުންފުނިން ބުނީ އާތު އަވާގެ އެއް ގަޑިއިރުގެ ތެރޭގައި މާލެ އާއި ވިލިމާލެއިން ބޭނުން ކުރި ކަރަންޓްގެ މިންވަރު ދަށްކުރެވުނު ކަމަށައި މިރޭ 8:30 ން ފެށިގެން އެއްގަޑިއިރަށް ކުރިއަށް ނިއްވާލުމުގައި ކަރަންޓް ބޭނުންކުރި މިންވަރު 1610 ކިލޯވޮޓް ދަށް ކުރެވުނު ކަމަށެވެ. އަދި އެއީ މިދިއަ އަހަރުގެ އާތު އަވާ އާ އަޅާ ބަލާއިރު 2390 ކިލޯވޯޓްގެއިތުރު ވުމެއް ކަމަށް ވެސް ބުންޏެވެ.
ނިންވާލައިގެން ތިބި އެއްގަޑިއިރު ތެރޭ ހަކަތަ ބޭނުންކުރި ނިސްބަތް ދަށްކުރެވުނުއިރު، ކަރަންޓް ފޯރުކޮށްދިނުމަށް އެންދުނު ތެލުގެ ނިސްބަތް ވެސް މިދިޔަ އަހަރަށް ވުރެ ވަނީ މަތިވެފަ އެވެ. އެގޮތުން މިއަހަރުގެ އާތު އަވާގައި ތެޔޮ އެންދި ނިސްބަތް 418 ލީޓަރަށް ދަށްކުރެވުނުއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 621 ލީޓަރުގެ އިތުރުވުމެއްކަމަށް ކަރަންޓު ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ފާހަގަކުރި އާތު އަވާގެ އެއްގަޑިއިރުގެ ތެރޭ ތެޔޮ އެންދި ނިސްބަތް ދަށްކުރެވިފައިވަނީ، 1039 ލީޓަރަށެވެ.
ކޮންމެހެން ބޭނުންކުރަން ނުޖެހޭ ކަރަންޓް ސާމާނު ބޭނުން ނުކޮށް ހޭދަކުރި އެއްގަޑިއިރުގެ ތެރޭގައި ބޭނުންކުރި ކަރަންޓުގެ ނިސްބަތާއި، ކަރަންޓް އުފެއްދުމަށް އެންދި ތެލުގެ ނިސްބަތް އެހެން އަހަރުތަކާއި ޚިލާފަށް މަތިވެފައިވާއިރު، އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި ޖައްވަށް ބޭރުކުރި ދުމުގެ ނިސްބަތް އުޅެނީ 966 ކިލޯ ގްރާމްގަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 1434 ކިލޯ ގްރާމުގެ އިތުރުވުމެކެވެ.
މިއަހަރުގެ އާތު އަވާގެ އެއްގަޑިއިރު، ފާއިތުވި ތިން އަހަރާއި އަޅާބަލާއިރު ވެސް ވަނީ ކަރަންޓް ބޭނުންކުރި މިންވަރު މައްޗަށް ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ