އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މޫސަ އައްޔަން ކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް މޫސާ އަލީ ކަލޭފާނު މިއަދު އައްޔަން ކުރައްވައިފި އެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ މޫސަ އެ މަގާމަށް އައްޔަންކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މޫސަ އަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި މީހެކެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ