މައްސަލަތަކުން ފަނޑިޔާރު ތަނާޒުލްވުމުގެ އުސޫލު ކަނޑައަޅައި ސުޕްރީމް ކޯޓުގެ ގަވައިދުގައި ހިމަނައިފި

މައްސަލަތައް ބެލުމުގައި ފަނޑިޔާރުން ތަނާޒުލްވުމުގެ އުސޫލުތައް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ޝާއިކޮށްފައިވާ ދެ މާއްދާގެ އުސޫލުގައި ބުނަނީ ފަނޑިޔާރުންނާ ހަވާލު ކުރެވޭ މައްސަލައަކުން ފަނޑިޔާރަކު ތަނާޒުލު ވާންޖެހޭ ކަމަށް ފަނޑިޔާރަށް ފެނިވަޑައިގެންފި ނަމަ އެކަމުގެ ސަބަބު ބަޔާންކޮށް ރަޖިސްޓްރާއަށް ލިޔަންޖެހޭނެ ކަމަށެވެ.އަދި ބުނެފައި ވަނީ ހަވާލުކުރެވޭ މައްސަލައެއް ބެލުމަށް ފަނޑިޔާރަށް ގާނޫނީ ގޮތުން ހުރަސް އެޅޭ ކަމެއް އޮތްނަމަ އެކަން ލިޔުމުން ރިކޯޑް ކުރުމަށް ފަހު އެ މައްސަލައަކުން ތަނާޒުލް ވެވިދާނެ ކަމަށެވެ.މި އުސޫލުތައް ކަނޑަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގަވައިދުގެ 109 ވަނަ މާއްދާގެ (ށ) ގެ ދަށުން  ކަމަށާއި މި އުސޫލު ސުޕްރީމް ކޯޓުގެ ގަވައިދާ އިތުރުކޮށްފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ