ގާސިމް ގދ. ތިނަދޫއަށް ވަޑައިގެންފި

ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގދ. ތިނަދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނާނުގެ މި ދަތުރުފުޅުގައި މިއަދު ތިނަދޫއަށް ވަޑައިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކެމްޕޭނަށް ޖުމްހޫރީ ގުޅުމުގެ ޓީމްތައް ކުރާ މަސައްކަތްތައް ބައްލަވާލައްވާ ހިތްވަރު ދެއްވުމުގެ އިތުރުން ބައެއް ގޭގެއަށް ވަޑައިގެން އާންމު ރައްޔިތުންނަށް ބައްދަލު ކުރައްވާ ހާލު ބައްލަވާލައްވާނެ އެވެ. އަދި ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯ ހުލާސާ ކޮށްދިނުމަށް ރައްޔިތުންނާއެކު ވަގުތު ހޭދަ ކުރައްވާނެ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅާ ދިމާކޮށް ޖުމްހޫރީ ގުޅުމުން މިރޭ ތިނަދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރައްވާނެ އެވެ. އެމަނިކުފާނު މިއަދު ތިނަދޫއަށް ވަޑައިގަތީ އައްޑު އަތޮޅަށައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގަތުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ