ހަވީރު ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވައިފި

15-02-2013 22:39 ހަފުލާ މިހާ ހިސާބުން ނިމުނީ. 15-02-2013 22:37 އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އުމައިރު، ދެ ވަނަ ދަގަނޑޭ 15-02-2013 22:36 ތިން ވަނަ ފުޓްބޯޅަ ކުޅުންތެރިޔަކީ ... އިމްރާން 15-02-2013 22:35 މޮޅު ތިން ކުޅުންތެރިން: އުމައިރު. އިމްރާން، އަޝްފާގް 15-02-2013 22:33 މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އަލީ އަޝްފާގް (ދަގަނޑޭ)، މުހައްމަދު އުމެއިރު، އަހުމަދު ޝާފިއު، އިމްރާން މުހައްމަދު، އަސަދުﷲ އަބްދުﷲ 15-02-2013 22:33 އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އިއުލާނުކުރުން 15-02-2013 22:32 ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޗެއާމަން ޒާހިރު ހުސައިން، އަހްމަދު ޝަކީބާ ހަވާލުކުރައްވައިފި 15-02-2013 22:28 ދެން އޮތީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިނުން. އެވޯޑް ލިބެނީ ގައުމީ ޓީމުގެ މެޑިކަލް އަހްމަދު ޝަކީބަށް. މިހާރު ދައްކަނީ އޭނާގެ ޕްރޮފައިލެއް 15-02-2013 22:25 މީޑިއާ ޕާޓްނާ ތިންކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައިފި 15-02-2013 22:23 15-02-2013 22:22 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ރިލްވާން ވަހީދު ހޮވައިފި. ވާދަކުރީ ، ރިލުވާން ވަހީދު، އަމްދާން އަލީ، ސަމްދޫހު މުހައްމަދު 15-02-2013 22:20 ރަންބޫޓް ހާސިލުކުރި އުމައިރުގެ ވީޑިއޯ ޕްރިފައިލެއް ދައްކަނީ. އޭނާ އަށް ރަން ބޫޓް ހަވާލުކޮށްދެއްވަނީ އެފްއޭއެމްގެ ރައީސް އިލްހާމް 15-02-2013 22:09 މީޑިއާ ޕާޓްނަ އެމްބީސީގެ ޕްރޮފައިލެއް، އޭގެ ފަހުން މުނިފޫހި ފިލުވުމުގެ އައިޓަމެއް 15-02-2013 22:08 އެންމެ މޮޅު ފުޓްބޯޅަ ކޯޗަކީ، މުހައްމަދު ޝިޔާޒް (މޯހަން) 15-02-2013 22:07 އެންމެ މޮޅު ފުޓްބޯޅަ ކޯޗުން އިއުލާނުކުރަނީ، ވާދަކުރަނީ އަލީ ސުޒޭން، މުހައްމަދު ޝިޔާޒް )މޯހަން(، އިސްމާއިލް މަހެފޫޒް )އިންމަ( 15-02-2013 22:05 އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އަކީ އަހްމަދު އަސްލަމް 15-02-2013 22:04 އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އިއުލާންކުރަނީ. ވާދަކުރަނީ އަހުމަދު ޝިފާން، އަހުމަދު އަސްލަމް، އަލީ ސަލީމް 15-02-2013 22:03 ގިނަ ބަޔަކު އިންތިޒާރުކުރާ ފުޓް ބޯޅަ އެވޯޑްތައް އިއުލާނުކުރުން 15-02-2013 21:59 ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު ދިރާގުގެ ވީޑިއޯ ޕްރޮފައިލެއް ދައްކަނީ 15-02-2013 21:58 އެންމެ މޮޅު ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ ސާޖިދު، ދެ ވަނަ ލޯންގޭ، ތިން ވަނަ އިޝާން 15-02-2013 21:55 ފިރިހެން އެންމެ މޮޅު ވޮލީ ކުޅުންތެރިން އިއުލާނުކުރުން. ވާދަކުރަނީ އަޝްފާގް އާދަމް )އައްކަޅޭ(، އަހުމަދު އަބްދުލް ކަރީމް )ލޯންގޭ(، އިސްމާއިލް ސާޖިދު )ކުޑަކާއްޓޭ(، އިޝާން މުހައްމަދު )ބަޓިސް(، ހުސެއިން ސައީދު )ސެންޑީ(. 15-02-2013 21:53 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ އަހްމަދު އަނިލް. ދެން ވާދަކުރީ އަލީ ހުޒާމް، މުހައްމަދު ޝާއިން 15-02-2013 21:53 އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިން އިއުލާނުކުރުން 15-02-2013 21:52 އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ ނާޒިމާ، 2 ވަނަ އާދިލާ 3 ވަނަ ސުހާނާ 15-02-2013 21:51 ޒުމްބާގެ ހަރަކާތެއް ހުށަހަޅައިދެނީ 15-02-2013 21:49 އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިން އިއުލާނުކުރުން. ވަދަކުރަނީ އައިޝަތު ނާޒިމާ، އައިޝަތު މާޖިދާ، ހައްވާ ރާޝިދާ، ސުހާނާ އަހުމަދު، އާގިލާ ހާމިދު. 15-02-2013 21:47 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ، އައިޝަތު މާޖިދާ. އޭނާގެ އިތުރުން މަގާމަށް ވާދަކުރީ ހައްވާ ރާޝިދާ، މަރިޔަމް އަޒީފާ 15-02-2013 21:47 ޒުމްބާ އަށް ފަހު، އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިން އިއުލާންކުރުން 15-02-2013 21:41 ބްރޭކް: ޒުމްބާ .... 15-02-2013 21:39 އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔަކީ، ޒިލާލް، ދެ ވަނަ ޒަކަރިއްޔާ ތިން ވަނަ، އަފްޝަން 15-02-2013 21:36 އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިންނަށް ވާދަކުރަނީ މުހައްމަދު ޒިލާލް، ޒަކަރިއްޔާ އަބްދުއްލަތީފް، މުހައްމަދު މުހުސިން، އިލްޔާސް އިބްރާހިމް، އަހުމަދު އަފްސަން ރަޝާދު. 15-02-2013 21:34 21 އަހަރުން ދަށުގެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިޔަކަށް ވިލްދާން 15-02-2013 21:29 ޕާޓްނަ އެސްޓީއޯގެ ޕްރޮފައިލެއް 15-02-2013 21:28 އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިން: އެއް ވަނަ ޝިއުރާ، ދެ ވަނަ ޝިޒޫ، ތިން ވަނަ ނަޝްފާ 15-02-2013 21:26 މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުން ތެރިންނަށް ވާދަކުރަނީ ނަޝްފާ އާމިރާ )ނައްފަ(، ޝިޒްނާ ރަޝީދު )ޝިޒޫ(، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ، އައިމިނަތު ޝާއިނާ. 15-02-2013 21:24 މިއީ 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔަކަށް ދެ ކުޅުންތެރިން. ހޮވުނު ފުރަތަމަ ފަހަރު 15-02-2013 21:24 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔަކަށް ދެ ކުޅުންތެރިން. އައިމިނަތު ނަޒްރާ، އައިމިނަތު ސަމްހާ. 15-02-2013 21:23 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އިއުލާނު ކުރަނީ. ޓްރޮފީ ހަވާލުކޮށްދެއްވާނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ 15-02-2013 21:22 ދެން އޮތީ ކުޅިވަރު އެވޯޑްތައް ދިނުން. 15-02-2013 21:22 ހަވީރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިން ފަރާތަކަށް ދޭ ހަނދާނީ ފިލާ ކުރީގެ އެޑިޓަރު އަލީ ރަފީގު ހަވާލުކޮށްދެއްވައިފި 15-02-2013 21:17 ސްޕޯޓްސް އެވޯޑު ބޭއްވުމަށް އެހީތެރިކަން ދޭ ފަރާތްތަކަށް މޫސާ ލަތީފް ޝުކުރު އަދާކުރެއްވި. ސްޕޯޓްސް އެވޯޑްގެ އިންތިޒާމްތަކާއި އެކަން ކުރިއަށްދާ ގޮތުގެ ކުރު ތައާރަފެއް ދެއްވި 15-02-2013 21:14 ހަވީރުގެ އެޑިޓަރު މޫސާ ލަތީފް ވާހަކަ ދައްކަވަނީ 15-02-2013 21:14 ހަވީރުން 1995 ވަނަ އަހަރު ތައާރަފްކުރި އެންމެ މޮޅު ފުޓްބޯޅައިގެ ކުޅުންތެރިއާގެ އެވޯޑް މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ދިފާއުނުކުރެވޭ. 15-02-2013 21:11 ސްޕޯޓްސް އެވޯޑްސްގެ އެއް ޕާޓްނަ މޯލްޑިވިއަންގެ ވީޑިއޯ ޕްރޮފައިލެއް ދައްކަނީ 15-02-2013 21:10 ސްޕޯޓްސް އެވޯޑްސްގެ ފަނޑިޔާރުންނަށް ހަނދާނީ ލިޔުން ދީފި 15-02-2013 21:09 ޓޮޕް ފަސް ކަސްޓަމަރުން ދިރާގު، އެސްޓީއޯ، އެމްއެޗްއޭ، ވަތަނިއްޔާ އަދި އައިލެންޑް އޭވިއޭޝަން އަށް ޗެއާމަން ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފި 15-02-2013 21:08 ސްޕޯޓްސް އެވޯޑް ހަފުލާތަކުގައި ހަވީރުގެ ޓޮޕް 5 ކަސްޓަމަރުންގެ އަގު ވަޒަންކުރޭ. އެގޮތުން ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ހަނދާނީ ފިލާ ދެއްވާނެ. 15-02-2013 21:06 ކުލަގަދަ ހަފުލާ ފެށިއްޖެ. ހަމްޒާ އާއި އާސިޔަތު އިވެންޓް ތައާރަފްކޮށްދެނީ 15-02-2013 21:04 ކުޑަ އިރުކޮޅެއްގެ ތެރޭ ހަފުލާ ފެށޭނެ. މިހާރު ދަނީ ހިޔަނި ބޭންޑުން ލަވައެއް ހުށަހަޅައިދެމުން 15-02-2013 21:00 އެންމެ ގިނަ ލަނޑު ޖެހި އުމައިރަށް މިރޭ ލިބޭ ރަންބޫޓް 15-02-2013 20:59 މިރޭގެ ހަފުލާ ފެށޭއިރު ކަށަވަރުވެފައި ވަނީ އެންމެ މަގާމެއް. އެއީ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔަކަށް ދޭ ރަން ބޫޓް. ރަން ބޫޓް ލިބެނީ މުހައްމަދު އުމައިރަށް 15-02-2013 20:56 މިރޭގެ މަގާމުތަކަށް ދޭ ޓްރޮފީތައް 15-02-2013 20:43 ހަފުލާ ކުރިއަށްދާ މާލަމް މިހާރު ވަނީ ގާތްގަނޑަކަށް ފުރިފައި. މިރޭގެ ރަސްމިއްޔާތަށް 400 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދީފައިވޭ 15-02-2013 20:38 މިރޭ ފުރަތަމަ އިއުލާނުކުރާނީ 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާ. މި މަގާމަށް ނޮމިނޭޓް ވެފައި ވަނީ އައިމިނަތު ނަޒްރާ، އައިމިނަތު ސަމްހާ، މަރިޔަމް މަނާލް. 15-02-2013 20:28 މިރޭގެ ހަފުލާ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރު ޓީވީއެމް އިން ވަގުތުން ގެނެސްދޭނެ. 15-02-2013 20:26 ހަފުލާ އަށް ދައުވަތު އަރުވާފައިވާ މެހްމާނުން މިހާރު އަންނަނީ ހަފުލާ ބާއްވާ ރަންނަބަނޑޭރި މާލަމަށް ހާޒިރުވަމުން ޖުމުލަ ތިން ކުޅިވަރަކުން، 23 އެވޯޑް ދޭ މި ހަފުލާގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް ގެ ފެށުމަކީ 1994 ރާއްޖޭގެ ފުޓްބޯޅަ މޫސުމުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ރަންބޫޓް ދިނުމެވެ ރަންބޫޓާ އެކު ދެން އައީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވަން ފެށި އަހަރެވެ. ރަންބޫޓްގެ ފުރަތަމަ ދެ އަހަރު އެ އެވޯޑް ހޯދީ ބޭރުގެ ދެ ކުޅުންތެރިއެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އަރަމުން އަންނަ ދިވެހި ފޯވަޑުންގެ ހިތްވަރުއެލޭކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ބުނުމާ އެކު ހަވީރުން ކަނޑައެޅީ ރަންބޫޓް ލިބޭނީ ހަމައެކަނި ދިވެހި ކުޅުންތެރިންނަށް ކަމަށެވެ. ހަވީރުން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް އެވޯޑް ދޭން ފެށީ 1995 ވަނަ އަހަރު އެވެ. ރަންބޫޓުގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށިތާ ހަ އަހަރުގެ ފަހުން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު 2001 ގައި ހޮވަން ހަވީރުން ނިންމި އެވެ. ސަބަބަކީ ވޮލީ އަކީ ފުޓްބޯޅަ ނެގުމަށް ފަހު ރާއްޖޭގައި އެންމެ ފޯރިގަދަ ކުޅިވަރަށް ވެފައި، ވޮލީގެ މޮޅު ކުޅުންތެރިންގެ އަގު ވެސް ވަޒަންކުރަން ޖެހިފައިވުމެވެ. ހަވީރުގެ އެވޯޑްތައް ގިނަވުމާއި އެވޯޑް ދޭ ރޭގެ ހާއްސަކަން ބޮޑުވުމުން ފަހުން ހަވީރުން ގަސްދުކުރީ ހަވީރު ސްޕޯޓްސް އެވޯޑްސް ނައިޓްގެ ނަމުގައި އެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އެވޯޑްތައް ދޭ ރެއަކީ މިހާރު ހަވީރަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ އެންމެ މުހިންމު އެއް ރެއަށް ވަނީ ވެފަ އެވެ. އަދި އެވޯޑް ނައިޓްގައި ދޭ އެވޯޑްތަކުގެ ލިސްޓް ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2005 ގައި ހަވީރުން ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އާއި އެންމެ މޮޅު ފުޓްބޯޅަ ކޯޗު ހޮވަން ފަށައިފަ އެވެ. އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ހަވީރުން އެވޯޑް ދޭން ފެށީ 2006 ވަނަ އަހަރުވެ. މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ބެލީ ބާސްކެޓާއި ނެޓްބޯޅަ އާއި ވޮލީބޯޅަ ކުޅޭ ކުޅުންތެރިންނަށެވެ. އެކަމަކު ދެ އަހަރު މި އެވޯޑް ދިނުމަށް ފަހު މިދިޔަ އަހަރުން ފެށިގެން މި އެވޯޑް އުވާލައި، އެންމެ މޮޅު ބާސްކެޓްބޯޅަ އާއި ނެޓްބޯޅަ އާއި ވޮލީބޯޅަ ކުޅުންތެރިޔާ ވަކިވަކިން ހޮވަން ފެށި އެވެ. ގިނަ ބަޔެއްގެ ތެރޭގައި މަގުބޫލުކަމެއް ހޯދަމުންދާ ބާސްެކެޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ހިތްވަރަކާއި އެ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަވީރުން އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވަން ފެށީ 2007 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ