އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ޕީޕިއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު މަސައްކަތް ފައްޓަވައިފިއެވެ.                         
އުމަރު ނަސީރުވަނީ އޭނާގެ ކެމްޕޭން ހަރަކާތްތަކުގައި އިސްނަގައިގެން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ރޭ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. ރާނބާ ރެސްޓޯރެންޓުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެކަނި ވެސް 250 ފަރާތަކުން ވޮލަންޓިއަރ ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. 
"ރޭ މީޑީއާއަށް ވެސް ނާނގާ އަޅުގަނޑު ބޭއްވި ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު، އަޅުގަނޑު އުންމީދު ކުރަނީ 500 ވޮލަންޓިއަރުންނާއި އެކު ނުކުންނަން، އެއީ އެހާތަނަށްދާ އިރު ޕީޕީއެމްގައި 30000 ހާހެއްހާ މީހުން ތިބޭނެ ކަމަށް މިބަލަނީ. އެހެންވީމާ އެންމެ މަދުވެގެން ކޮންމެ 100 މެމްބަރަކަށް ވޮލަންޓިއަރަކު ހުންނާނެ." އުމަރު ވިދާޅުވިއެވެ. 
އުމަރު ވިދާޅުވީ ރަސްމީކޮށް ކެމްޕޭންގެ މަސައްކަތް ފަށާނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށެވެ. 
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް. ކާމިޔާބު ހޯދޭނެ. އާއްމު މެމްބަރުންނަށް ހާއްސަކޮށް ގްރާސްރޫޓަށް ނޯޅޭނެ ޑީއާރުޕީ ވެއްޓި ވަޅުޖެހިފައި އޮއްވާ އެސަފުތައް ސީދާކޮށް މިމަންޒަރު ދެއްކީ ކާކުކަން" އުމަރު ވިދާޅުވިއެވެ. 
އުމަރު ވާދަ ކުރައްވާ އިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާނެކަން އަބުދުﷲ ޔާމީން ވެސްވަނީ ހާމަ ކުރައްވާފައެވެ.
    
    ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް އުމަރު ނަސީރު އަތުކުރި އޮޅާލައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            