މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއަށް ކުއްޔަށް ދީފައިވާ ވ ފޮއްތެޔޮ ރިސޯޓް އަލުން ބީލަމަށް ލުމަށް އޭސީސީން އަންގާފައިވާ އެންގުން ސިވިލްކޯޓުން ހިފަހައްޓައިފިއެވެ.
އެރަށް ބީލަމަށްލުމާއި އެހެން ފަރާތަކަށް ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އެރަށް ރިސޯޓެއް ތަރަށްޤީ ކުރުމަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުށް، ދިނުމަށް އެމްޓީސީސީން އެވޯޑްކުރުމަށް ނިންމާފައިވާތީ އެކުންފުނިން ސިވިލްކޯޓަށް ހުށައެޅި މައްސަލަޔަކާއި ގުޅިގެންނެވެ. އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޑެޓަށް ވ ފޮއްތެޔޮ ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިބަޔަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށްކަމަށްބުނެ އެރަށް އަލުން ބީލަމަށްލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުންވަނީ އެމްޓީސީސީއަށް އަންގާފައެވެ.
އަދި އެރަށް އަލުން ބީލަމަށްލުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާކަމަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވެއެވެ. އަދި ފޮއްތެޔޮ ތަރައްޤީކުރުމަށް އެހެންފަރާތެއް ހޯދުމަށް މިމަހުގެ ހަ ވަނަ ދުވަހު އެމްޓީސީސީން އިއުލާންކޮށްފައިވާކަމަށްވެސް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ.
މިމައްސަލާގައި އިއްޔެ ސިވިލްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެރަށް އެހެންފަރާތަކަށް ހަވާލުކޮށްފިނަމަ އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ހައްޤަށް އުނިކަމެއް ލިބިދާނެ ހާލަތެއް އަތުވެދާނެކަމަށެވެ. އަދި ކޯޓުން އެހެން ގޮތަކަށް އަމުރުކުރުމުގެ ކުރިން ފޮއްތެޔޮ ރިސޯޓް އެހެން ފަރާތަކަށް ހަވާލުކރުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީގެ މައްޗަށް ސިވިލްކޯޓުންވަނީ އަމުރުކޮށްފައެވެ.
ވ ފޮއްތެޔޮ އަލުން ބީލަމަށްލުމަށް އޭސީސީން އެންގި އެންގުން ސިވިލް ކޯޓުން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ