ޢަރަބި ޤައުމުތަކުން އެހީ ނުވާ މައްސަލަ ޚުޠުބާގަ ފާހަގަ ކުރެއްވުމަށްފަހު އުރުދުންގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ހިލާއިލް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިދިއަ ހުކުރު ދުވަހު ޚުޠުބާ ވިދާޅުވަމުން ހިލާއިލް ވިދާޅުވީ އުރުދުންއަށް އަރަބި ޤައުމުތަކުން ދޭން ކަނޑައަޅާ އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ސަބަބުން އުރުދުން ވަނީ ބަނޑަށްޖެހިފައި ކަމަށާއި އެކަމަށް އަޅައިލާ ބައަކު ނެތް ކަމަށެވެ. މުސްލިމް އަޚުންތަކެއް ބިކަ ހާލުގައި ޖެހިފައިވާއިރު ފުދުންތެރި ޤައުމުތަކުން އެއްވެސް ވަރަކަށް އަޅާނުލާތިބެ އެމީހުން ގެންދަނީ މަތީ އުޑުގައި އުދުހެމުން ކަމަށެވެ.
މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އަރަބި ޤައުމުތަކުން ބުނަނީ އުރުދުން އަށް ފޯރުކޮށްދޭން ކަނޑައަޅާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށާއި ލަހުން ނަމަވެސް އުރުދުންގެ ބޭނުންތައް ފުއްދައިދޭ ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ މިމައްސަލައަކީ އުއްތަމަ ފަނޑިޔާރާއި ބެހޭ މައްސަލައެއް ނޫން ކަމަށާއި އުއްތަމަ ފަނޑިޔާރަކީ ސިޔަސީ ވާހަކަފުޅުތައް ދައްކަވަންޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު މަޤާމުން އިސްތއިުފާދެއްވީ ރަސްގެފާނުގެ ގަނޑުވަރުން އަމުރުފުޅު ކުރަްވައިގެންކަން އަދި އެނގިފައެއް ނުވެއެވެ.
އަަރަބިން އެހީ ނުވާ މައްސަލަ ޚުޠުބާގަ ފާހަގަ ކުރެއްވުމަށްފަހު އުރުދުންގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ