މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 423،354 އަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި މަހު ރާއްޖެ ޒިޔާރަތްކުރީ 33،584 ފަތުރުވެރިންނެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ވަނީ 423،354 އަށް އަރާފައެވެ.
މީގެ ތެރޭގައި އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. ރަޝިއާ ފަތުރުވެރިން 22.7 އިންސައްތަ ހިއްސާކުރާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިން 21.2 އިންސައްތަ ހިއްސާކުރާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހިނގާ މެއި މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ މިމަހުގެ 1 ވަނަ ދުވަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެދުވަހު 3،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހު ކަމަށެވެ. އެގޮތުން މާޗް މަހު 109،585 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ފަތުރުވެރިންގެ އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 723 ތަނެއް މިހާތަނަށް ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެ ތެރޭގައި 75 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކަށް ކަމަށާއި، 16 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 6 އިންސައްތަ ސަފާރީތަކުން ހިއްސާކުރާއިރު، 3 އިންސައްތަ ހިއްސާކުރަނީ ހޮޓާތަކުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހުރިހާ ތަނެއްގައި 47،391 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ