ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ދިނުމަށް ސައީދު ގައްދޫ ދާއިރާގެ ރައީސް ކަމަށް

އެމްޑީޕީ ގައުމީ މަޖިލީހުގެ ގަައްދޫ ދާއިރާގެ ރައީސް ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވާދަކުރައްވަން ނިންމައިފިއެވެ.
ގައްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ސައީދު ”ހަފްތާ“ އަށް ވިދާޅުވީ، ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމީ ޕާޓީގެ ލީޑާޝިޕާ ގުޅިގެން ދާއިރާތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދިނުމަށް ކަމަށެވެ.
އަދި ރައްޔިތުންނާ އޮތް ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، ދާއިރާތަކުގެ ހިންގުން ކުރިއަރުވައި އިތުރަށް ވަރުގަދަކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ސައީދުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުވެސް ވަނީ ގައުމީ މަޖިލީހަށް ކުރިމަތިލައްވަން ނިންމައިފައެވެ. އޭނާ ކުރިމަތިލައްވަނީ ހުވަދޫ ޕްރޮވިންސްގެ ރައީސް ކަމުގެ މަގާމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގައްދޫ ދާއިރާގެ ރައީސްކަމުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާތާ އެއް މަސް ދުވަސް ފަހުން އެޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ފާސްކޮށްފައެވެ.
އެހެންކަމުން އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ