2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އިރާނާއި ބެލްޖިއަމް މިރޭ ބައްދަލުކުރި ފޯރިގަދަ މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މެޗުގެ ބޮޑުބައިގައި ބެލްޖިއަމްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ކެވިން ޑި ބްރޭނާ އާއި ޔޫރީ ޓީލަމަންސް އިސްވެ ތިބެ ގިނަ ފުރުސަތުތަކެއް އުފެއްދިއެވެ. ނަމަވެސް އިރާންގެ ޑިފެންސުން ދެއްކި ސާބިތުކަމާއި ބޭރަންވަންޑްގެ މޮޅު ސޭވްތަކުގެ ސަބަބުން ބެލްޖިއަމްއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު ގްރޫޕް ޖީގައި ބެލްޖިއަމްއަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ. މުޅި މެޗުގެ 70 އިންސައްތައަށްވުރެ ގިނައިން ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އިރާންގެ ސާބިތުކަމުގެ ސަބަބުން ބެލްޖިއަމްއަށް ޖެހުނީ އެއް ޕޮއިންޓުން ފުއްދާލާށެވެ.
އިރާންގެ ކީޕަރުގެ މޮޅު ސޭވްތަކާއެކު ބެލްޖިއަމްއަށް މޮޅު ނުވެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ