ކަޑައެއް ޖަހާލުމަކުން ކަމެއް ކޮށްދިނީ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ: ކާނަލް ނަޝީދު

އިންތިޚާބެއް ކައިރިވުމުން ނުކުމެ ކަޑައެއް ޖަހާލުމަކުން ކަމެއް ކޮށްދިން ކަމަށް ރައްޔިތުން މިހާރު ގަބޫލެއް ނުކުރާނެ ކަމަށް ކާނަލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބު ކައިިރިވަމުން އަންނައިރު، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ހަނިކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެކި ރަށްތަކަށް ވަޑައިގެން ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވައި، މަޝްރޫޢުތަކުގެ ބިންގާވެސް އަޅުއްވަމުން ގެންދަވާ ކަަމަށެވެ.
ނަމަވެސް ސަރުކާރުގެ ފިއްތުންތަކާއިއެކުގައިވެސް އިދިކޮޅަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހަމަައެކަނި ކަޑައެއް ޖަހާލުމުން ރައްޔިތުންގެ ރުހުން މިހާރު ނުލިބޭނެ ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެކަމުގައި "ބެންޗް މާކެއް" ޖައްސަވައިފައި ކަމަށެވެ.
"އެމަނިކުފާނު ވަނީ ބްރިޖު، ދަރުމަވަންތަ ހޮސްޕިޓަލު، ހިޔާ ފުލެޓުތައް އަޅުއްވާ ނިންމަވައި ރައްޔިތުންނަށް ދައްކަވާފައި. އެހެންވީމަ، އަދި މިހާރު ރޯނެއް ދަމާލުމަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކައުންސިލް އިންތިޚާބު އިދިކޮަޅު ޕީޕީއެމްއަށް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ