ދިވެހިންގެ ސަޤާފަތް ރަމްޒުކޮށްދީ ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ޗެލެންޖްތަކަކާއިއެކު އެމްއެންޑީއެފުން "ހެސަ ވާދަ 2018"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ މުބާރާތުގެ އެއްވަނަ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 2 އިން ހޯދައިފިއެވެ.
ޖޫން މަހުގެ 23ން 28 އަށް ކުރިއަށް ދިޔަ މި މުބާރާތުގެ އެއްވަނަ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 2 އިން ހޯދީ އެ ޔުނިޓަށް ޖެހުނު ޓާސްކު 20 މިނެޓް 19 ސިކުންތު 58 މިލި ސިކުންތުން ނިންމައިގެންނެވެ.
މި މުބާރާތުގެ ދެވަނަ ކޯސްޓް ގާޑަށް ލިބިފައިވާއިރު ތިންވަނަ ލިބިފައިވަނީ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 3 އަށެވެ.
ހެސަ ވާދަ މުބާރާތުގެ އެއްވަނަ ޓީމަށް މެޑަލް އާއި ހަނދާނީ ލިޔުމުގެ އިތުރުން ހެސަ ވާދަ އަށް ހާއްސަ ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.
ސިފައިންގެއިން މުޅިން އަލަށް ތައާރަފުކުރާ މި މުބާރާތުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ޖޯލިގެތުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.
"ހެސަ ވާދަ – 2018" ގެ ނަމުގައި އެމްއެންޑީއެފް އިން މިމަހުގެ ބޭއްވި މި މުބާރާތަކީ، ވާދަވެރި ރޫޙެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 17 ޓީމަކުންވަނީ ބައިވެރިވެފައިވެއެވެ.
"ހެސަ ވާދަ 2018"ގެ އެއްވަނަ އަކީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 2!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ