މަގުމަތީގެ އަމާންކަން ކުރިއަށްވުރެ ރަނގަޅުވާނެ: އުމަރު

ވީހާވެސް ފަސޭހައިން ލުއިކޮށް އަދި އަގު ހެޔޮކޮށް އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭގޮތަށް އޮތްއޮތުމަށް ބަދަލު ގެންނަން ޖެހޭ ކަމުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ކޮށްފައިވާ ކަންކަމުގެ މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭ ޕްރެސް ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ހައްޔަރު ކުރާ މީހުން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމުގައި ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ފަނޑިޔާރަކު ނެތުމާއި، ފުލުހުންގެ އަތުގައި އެކަށީގެންވާ ވަސީލަތްތަކާއި އުޅަނދުފަހަރު ނެތުން ހިމެނޭ ކަމުގައި މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިކަން މިހެން ކުރަންޖެހޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފަނޑިޔާރުންނެއް ނެތް. ދެން މިޖެހެނީ ލޯންޗެއް ހިފައިގެން ފަނޑިޔާރު ހުންނެވި ރަށަކަށް އެމީހަކު ގެންދަން. ރާއްޖޭގައި އެބަހުރި ލޯންޗް ނެތް އަތޮޅުތައްވެސް. ލޯންޗް ހުރެފިއްޔާ ބައެއް ފަހަރު ތެލެއް ނުލިބޭ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް އެކަމާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ކުރިއަރާފައިވާ ހުޅަނގުގެ ގާނޫނުތައް ހަމަ އެގޮތަށް ރާއްޖޭގައި ތަންފީޒުކުރުމަށް މަސައްކަތް ކުރުމުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އުމަރު ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންނެވި އިރަށްވުރެ މިހާރު ގައުމު އަމާން ކުރެވިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާނެ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރަށް އަދިވެސް އެކަންކަން ހާސިލްނުވާ ކަމަށެވެ.
ރާއްޖެގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޒިންމާ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން މަތިކޮށްފައިވަނީ ހޯމް މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކާ ކަމަށްވާތީ އެކަމުގައި ފާއިތުވި އެއް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް، ކުރިއެރުންތައް ހޯދިފައިވާ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ