ރާއްޖޭގެ ޢުމުރުން ދުވަސްވީ ފަރާތްތަކަށް 2000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް ފުރަތަމަ ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށް ދިވެހި ރާއްޖޭގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ޝިނާން (ނާނި)ގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނާއިބު ރައީސް ޑރ ޖަމީލް ވިދާޅުވީ، ރައީސް މައުމޫންގެ ޒަޢާމަތުގައި ރާއްޖޭގެ އުމުރުން ދުވަސްވީ ފަރާތްތަކަށް 2000 ރުފިޔާ ދިނުމަށް ނިންމަވައި، އެކަމުގެ ސްކީމެއް ފުރަތަމަ ފަށްޓަވައި ދެއްވީ ރައީސް މައުމޫން ކަމަށާއި، ރައީސް ނަޝީދު ނޫން ކަމަށެވެ.
"މި ދެންނެވި ފަދަ ސްކީމެއް ރާވައި، އެކަން ފުރަތަމަ ފަހަރަށް ތަޢާރަފް ކުރެއްވީ ޝައްކެއްވެސް ނެތް ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް." ޑރ ޖަމީލް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ، 2008 ގައި އިންތިޚާބު ކާމިޔާބު ކުރައްވައި، ވެރިކަން ހޯއްދެވި ރައީސް މުހައްމަދު ނަޝީދު ތައްޔާރު ކުރެވިފައިވާ ސްކީމް ނިންމެވީ އެމަނިކުފާނު ކަމަށް ވިދާޅުވީ ކަމަށެވެ.
"އިންތިޚާބުން ނަމަވެސް ވެރިކަމަށް 2008 ގައި ވަޑައިގެން، ޖާފަތް ކައްކާ ތައްޔާރު ކުރެވުމުން ދަޢުވަތަކާއި ނުލައި މީހަކު އައިސް އެ އިޢުލާން ކުރެއްވީ ތިމަންނާ މިކަން ނިންމައި، 2000 ރުފިޔާ ދޭނަމޭ." ކުރީގެ ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި، ނާއިބު ރައީސް ޑރ ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ޢުމުރުން ދޮށީ ބޭފުޅުންނަށް ދޭ 5000 ރުފިޔާ ދޭނެ ޕްލޭން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ނިންމުމުންވެސް، ރައީސް ނަޝީދު ވިދާޅުވީ 5000 ރުފިޔާ ދޭ ވާހަކަވެސް އެމަނިކުފާނު ކުރިން ދައްކަވާފައި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރު ކުރެއްވި ވާހަކައަށް އަލި އަޅުއްވާލަމުން، ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީން ހައްޔަރަށް ވަޑައިގެންނެވީ ސާބިތުކަމާއި އެކުގައި ކަމަށެވެ. އެހެން ނަމަވެސް، ރައީސް ނަޝީދު ފަނޑިޔާރަކު "ވަގަށް ނެގުމުން" ޝަރީޢަތަށް ފިއްލަވައިގެން ފަރެސް މާތޮޑާއަށާއި، އިންޑީޔާ އެމްބަސީގެ ތެރޭގައި ފިއްލެވީ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް އިނާޔަތްދޭން ފުރަތަމަ ނިންމީ ރައީސް މައުމޫން - ނާއިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ