ވޮޝިންގްޓަން (ސެޕްޓެންބަރު 24، 2014) --އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ފަށާފައިވާ ހަނގުރާމައަކީ ހަފުތާއެއް ނުވަތަ މަހެެއްގެ ތެރޭ ނިމޭނެ ހަނގުރާމައެއް ނޫން ކަމަށާއި ހަނގުރާމައަށް އަހަރުތަކަށް ދެމިގެން ހިނގައިދާނެ ކަމަށް އެމެރިކާ އަސްކަރީއްޔާ ގެ ސްޕޯސްޕާސަން ރިއާރް އެޑްމިރަލް ވިދާޅުވެއްޖެ އެވެ.
ބީބީސީއަށް ވާހަކަފުޅު ދައްކަވަމުން އެޑްމިރަލް ވިދާޅުވީ އައިއެސްގެ ނުރައްކާ ދުނިޔެއިން ނައްތާލަން މުހިންމު މަސައްކަތް ތަކެއް ކުރަން ޖެހޭނެ ކަމަށާއި އެ މަސައްކަތަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.
"މިކަމަކީ [އައިއެސް ނައްތާލުމަކީ] ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމެއް. އެހެންވީމަ މިތާނގައި އަހަރެމެން މި ދައްކަނީ އަހަަރުތަކެއްގެ ވާހަކަ ކަން ގަބޫލު ކުރަން ޖެހޭނެ،" އެޑްމިރަލް ވިދާޅުވި އެވެ.
އައިއެސްއަކީ ބާރުަގަދަ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް އެޑްމިރަލް ވިދާޅުވީ އައިއެސް އަކީ ދުނިޔެއަށް ދިމާވެފައިވާ ސީރިއަސް ބޮޑު ނުރައްކަލެއް ކަމަށެވެ.
އެޑްމިރަލް މި މޭރުމުން ވާހަކަފުޅު ދައްކާވަފައިވާ އިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިސްނެންގެވުމަކަށް އައިއެސްއާއި ދެކޮޅަށް އުފައްދަވާފައިވާ ކޯލިޝަނުން މިހާރު ވަނީ އައިއެސްއާއި ދެކޮޅަށް ހަމަލާދޭން ފަށާފަ އެވެ. -- ބީބީސީ
އައިއެސްއާއި ދެކޮޅު ހަނގުރާމަ ދިގުލައިފާނެ: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ