ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާނު ކޮށްފިއެވެ.ފިނޭންސް މިނިސްޓްރީން މިހެން އިއުލާނު ކޮށްފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 850,000.00 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާންގައި ބުނެފައި ވާއިރު، އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުގެ މަތިން ކަމަށްވެސް އެ އިއުލާންގައި ވެއެވެ.ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  1,500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ މި މަހުގެ 15  އިން  އަންނަ މަހުގެ 19 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށްވެސް އެ އިއުލާންގައި ވެއެވެ. އެ މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 20 ވާ އަންގާރަ ދުވަހުގެ 1:00ގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ