ވަޓްކިންސް ގަތުމަށް ޔުނައިޓެޑުން ވިލާ އާއެކު މަޝްވަރާކުރަނީ ވަޓްކިންސް ގަތުމަށް ޔުނައިޓެޑުން ވިލާ އާއެކު މަޝްވަރާކުރަނީ

މެންޗެސްޓާ (ޖުލައި 4) - މެންޗެސްޓާ ޔުނައިޓެޑުން އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑު އޮލީ ވަޓްކިންސް ގަތުމަށް އެ ކްލަބާއެކު މަޝްވަރާތައް ފަށައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން ވަޓްކިންސް، 29، ގަތުމަށް ޔުނައިޓެޑުން މަސައްކަތް ފެށީ ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް އެ ކްލަބުގެ ބަދަލުގައި އާސެނަލް އާ ގުޅެން ބޭނުންވާ ކަމަށް ބުނުމުންނެވެ.
ޔުނައިޓެޑުން ވިލާ އާއެކު ކުރި މަޝްވަރާތަކުގައި ސާފުކޮށްފައިވަނީ ވަޓްކިންސް ގަތުމަށް ދާނެ ހަރަދާއި ޕޭމަންޓް ސްޓްރަކްޗާގެ ތަފުސީލުތަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވިލާ އިން ވަޓްކިންސް އަގު ކުރަނީ 81 މިލިއަން ޑޮލަރުގަ އެވެ. އެ އަގަށް ޔުނައިޓެޑުން އެއްބަސްވުން ދުރެވެ.
ޔުނައިޓެޑާއި ގުޅެން ވަޓްކިންސް ބޭނުންވާ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، އެކަމާ ދެކޮޅު ރިޕޯޓުތައް ވެސް ވަނީ ފާހަގަވެފަ އެވެ. މިދިޔަ ސީޒަނުގައި ވަޓްކިންސް ވަނީ ވިލާއަށް ކުޅެދިން 54 މެޗުން 17 ގޯލު ޖަހައިދީ 14 އެސިސްޓު ކޮށްދީފަ އެވެ.
ވަޓްކިންސްގެ އިތުރުން ޔުނައިޓެޑުން ދަނީ ބްރެންޓްފޯޑުގެ ފޯވާޑު ބްރިއަން އެމްބުއޭމޯ، ގަތުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އޭނާ ގަތުމަށް މިހާތަނަށް ކުރި ދެ ބިޑު އަނބުރާ ފޮނުވާލި ނަމަވެސް ދެ ކްލަބުން އަދިވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އެމްބުއޭމޯ ޔުނައިޓެޑާ ގުޅުން ގާތެވެ.
މި ފަހަރުގެ ހޫނު މޫސުމުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން މިހާތަނަށް ގަނެފައިވަނީ ވުލްވްސް އަށް ކުޅެމުންދިޔަ ބްރެޒިލް ގައުމީ ޓީމުގެ ފޯވާޑް މަޓެއުސް ކޫންޏާ އެވެ. އެ ކްލަބުން މިހާތަނަށް ކުޅުންތެރިޔަކު ވިއްކާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ