ޑޮކްޓަރުންގެ ޒިންމާއަކީ ހާލަތު ބުނެ ދިނުން، ސިޔާސަތު ކަނޑައެޅުމެއް ނޫން: ނަޝީދު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅާނީ ޑޮކްޓަރުން ނޫން ކަމަށާއި ޑޮކްޓަރުންގެ ޒިންމާއަކީ ހާލަތު ބުނެދިނުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު ނަޝީދު ވިދާޅުވީ މަޖިލީހަކީ ފަންނީ މާހިރުން ތިބޭ ތަނެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުން މަސައްކަތް ކުރާނީ ފަންނީ މާހިރުންގެ ލަފާ ހޯދައިގެން ކަމަށެވެ.
ސިއްހީ މާހިރުންގެ ދައުރަކީ ހާލަތު ބުނެ ދިނުން ކަމަށާއި ސިޔާސަތު ކަނޑައަޅާނީ އެ ބޭފުޅުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި މަޖިލީހުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާނީ މި މަޖިލީހުގެ މެމްބަރުންގެ ނަޒަރުގައި އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ކަމަށް ފެންނާތީ. އެހެންވީމަ ރާއްޖޭގެ ރައްޔިތުން ބަލިމަޑު ކަމަކަށް، ނުރައްކާތެރި ކަމަކަށް، ސަމާލުވާން އެދޭ މިންވަރު އެއީ އަޅުގަނޑު ހިތުން ސިއްހީ މާހިރުން ދޭ ލަފަޔާއި އެ ލަފާ ލިބުމުން އެ ހަލާފައި އެ ބުނާ ނުރައްކަލުން ސަލާމަތްވުމަށް ރައްޔިތުން އެދޭ މިންވަރަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ނިންމަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
"ސިއްހީ މާހިރުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެއީ ފާހަގަކޮށް ދިނުން ނުރައްކަލުގެ މިންވަރު. އެ ނުރައްކަލުގެ މިންވަރު އެނގުމުން ދެން އެ ނުރައްކަލުން ސަލާމަތް ވުމަށް އަޅުގަނޑުމެން އެދޭ މިންވަރު، ނިންމާ މިންވަރުގެ ސިޔާސަތު ކަނޑައެޅުން އެއީ ސިއްހީ ކަމެއް ނޫން. އެއީ ގައުމެއް ހިންގުމާ ގުޅޭގޮތުން އޮންނަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެންނަނީ."
ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާތާ 48 ގަޑި އިރުގެ ތެރޭގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުުން ހޯދަން ހުށަހަޅަަން ޖެހޭނެ ކަމަށެވެ. ބިލްގައި ބުނާ ގޮތުން އެ ހާލަތު އިއުލާނު ކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އުވައި ވެސް ލެވޭނެ އެވެ.
Sihhee kulli nurakkaluge haalathu iulaankuran majileehuge ruhun hoadhan jehey gothah hadhanee
Mihaaru
ބިލް މަޖިލީހަށް ހުށަހެޅުންއެ ބިލް ހުށަހެޅުމުން މަޖިލީހުން ސިއްހީ ކަންކަމުގެ ތެރެއަށް ވަންނަނީ ކަމަށް ބުނެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
އެ ބިލް ހުށަހެޅުއްވި މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހާލަތުގެ ދަށުން އެހާ ބޮޑަށް ރައްޔިތުންގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެން ދާއިރު އެކަމަށް ރައްޔިތުންގެ މަންދޫބުންގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ.
"ރިޔާސީ ނިޒާމުގެ އަސާސީ އެއް ސިފައަކީ ޗެކްއެންޑް ބެލެންސް ކަމަށްވާއިރު މިހާރު މި ގާނޫނު އޮތްގޮތުން އެ ޗެކް އެންޑް ބެލެންސް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ބަޖެޓަށާއި ވަޒީރުންނަށާއި ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުން ރުހުން ދޭން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރުހުން ހޯދަން ނުޖެހެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ މިއީ ސިއްހީ ކަމެކޭ ހާލަތު ތަފާތޭ. އަޅުގަނޑު ސިއްހީ ކަމެއް. ނަމަވެސް ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުރައްކާތެރި ބަލިމަޑު ކަމެއް ހިމަނާފައިވޭ. އޭގެ އިތުރުން ހަނގުރާމައިގެ ހާލަތާއި ގައުމީ ސަލާމަތައް ނުރައްކާވާފަދަ ހާލަތްތައް ވެސް ފާހަގަ ކުރައްވާފައިވޭ. ހަނގުރާމައިގެ ހާލަތުގައި މި މަޖިލީހުގެ ރުހުން ހޯދަން ޖެހޭއިރު މި މަޖިލީހުގައި ތިބެނީ މިލިޓަރީ އޮފިސަރުންނެއް ނޫން އިއްޒަތްތެރި ރައީސް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"ސިއްހީ މާހިރުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެއީ ފާހަގަކޮށް ދިނުން ނުރައްކަލުގެ މިންވަރު. އެ ނުރައްކަލުގެ މިންވަރު އެނގުމުން ދެން އެ ނުރައްކަލުން ސަލާމަތް ވުމަށް އަޅުގަނޑުމެން އެދޭ މިންވަރު، ނިންމާ މިންވަރުގެ ސިޔާސަތު ކަނޑައެޅުން އެއީ ސިއްހީ ކަމެއް ނޫން. އެއީ ގައުމެއް ހިންގުމާ ގުޅޭގޮތުން އޮންނަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެންނަނީ،"
ބިލުގައިވާ ގޮތަށް ގާނޫނު ބަދަލުކޮށްފި ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ހާލަތުގެ މުއްދަތު އިތުރުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމެވިޔަސް އެކަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެ ހާލަތުގައި ދައުލަތުން ހަރަދުކުރި ގޮތުގެ ތަފްސީލް ހިމެނޭ އޮޑިޓް ރިޕޯޓެއް ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ވެސް އެ ބިލުގައި ވެ އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި މިހާރު އޮތް ގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އިއުލާނު ކުރެއްވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ. އެކަމަކު އެ ހާލަތު ރައީސް އިއުލާނު ކުރައްވައިިފި ނަމަ ރުހުން ހޯދަން ޖެހެ އެވެ.
ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތީ މިހައިތަނަށް ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 ފެތުރޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ