ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ފުލުހުންގެ ގަޔަށް ރޭ ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާތަހުޒީބު އަދި ދަށް ފެންވަރުގެ އަމަލު ކުށްވެރިކުރައްވާކަމަށެވެ. އަދި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
Twitter Embeded
އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް ބާއްވަމުން ގެންދާ މުޒާހަރާގައި ރޭ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ކުރި ބަޔަކު ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މުޒާހަރާގެ ތެރެއިން ކުޅު ޖަހާނެކަމަށް އިހުތިޖާޖު ފެށުމުގެ ކުރިން އޮފިސަރަކު އައިސް ބުނި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ