މެމްބަރު ޔައުގޫބުގެ ގޮނޑީގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލަ ހުށަހަޅަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. މުޙައްމަދު ހަލީމަކީ ނިމިދިޔަ ރައްޔިތުންގެ މަޖުލިސް އިންތިޚާބުގައި ވާދަކުރެއްވި ކެނޑިޑޭޓެކެވެ. އެމައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމަށްވެއެވެ.
ޔައުޤޫބުގެ ގޮޑިއާމެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ. މިކަމާމެދު ޤާނޫނީ ބަހުސްއަކަށް ގޮސް ގޮޑިގެއްލިފައިވާކަމަށް ބައެއްވަކީލުން ވާހަކަ ދައްކަވަން ފެށުމުން މެމްބަރު ޔައުޤޫބުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މެންބަރު ޔައުގޫބުގެ ގޮޑިގެއްލިފައިވާ މައްސަލަ ސްޕްރީމްކޯޓަށް ހުށަހަޅާނެކަމަށް  އިދިކޮޅު ޕީޕިއެމްއާއި ޕިއެންސީއިން ވެސްވަނީ ބުނެފިއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނަނީ މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަޤާމެއް އަދާ ނުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ