ރެޑްވޭވުން ހައިސެންސް އޭސީ ތައާރަފްކޮށް، ޕްރީ އޯޑަރަކަށް ހުޅުވާލައިފި

އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގައި މަޝްހޫރު ހައިސެސް ބްރޭންޑްގެ އެއާ ކަންޑިޝަނާ ރެޑްވޭވުން ތައާރަފްކޮށް ޕްރިއޯޑަރަށް ހުޅުވާލައިފި އެވެ.
ހައިސެންސަކީ ރާއްޖޭގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން ދިވެހިންގެ އެންމެ މަގުބޫލު އެއްޗަކީ ޓީވީ އެކެވެ. ހައިސެންސް ބްރޭންޑުގެ އޭސީ ރެޑްވޭވުން ރާއްޖެ އަށް ތައާރަފްކުރަނީ އަލަށެވެ.
ހައިސެންސް އޭސީގައި އިންވާޓާ ހިމެނެ އެވެ. އެހެންވެ ކަރަންޓް ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. ހައިސެންސް ބްރޭންޑުގެ އޭސީ ތަފާތު ވަނީ އޭގައި ހިމެނޭ "ގޯލްޑްފިން ޓެކްނޮލޮޖީ"ގެ ސަބަބުންނެވެ. އޭސީގެ އެތެރޭގައި ދަބަރުޖެހުން މި ޓެކްނޮލޮޖީގެ ސަބަބުން ހުއްޓުވައިދެ އެވެ. އަދި އޭސީގެ ޕާފޯމަންސަށް ބަދަލު އައުމެއްނެތި ގިނަ ދުވަހު ބޭނުންކުރެ އެވެ.
ހައިސެންސް އޭސީގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި، "އީކޯ ފްރެންޑްލީ" R32 ގޭހެވެ. މި އޭސީގައި ރޫމްގެ ފިނިހޫނުމިން ދެނެގަނެ އޭސީގެ ފިނިމިން ކަނޑައަޅައިދޭ ހާއްސަ މޯޑެއް ވެސް އެވެ.
މި ބްރޭންޑްގެ އޭސީ ޕްރިއޯޑަރަށް ހުޅުވާލައިފައިވާއިރު ހަތަރު ސައިޒެއްގެ އޭސީއަކަށް އޯޑަރު ދެވޭނެ އެވެ. ގޮތުން 10,000 ބީޓީޔޫގެ އޭސީ 4,690ރ، އަށް، 12,000 ބީޓީޔޫގެ އޭސީ 5,390ރ އަށް، 18,000 ބީޓީޔޫގެ އޭސީ 5,790ރ. އަށް އަދި 24,000 ބީޓީޔޫގެ އޭސީ 7,590ރ. އަށް ލިބޭނެ އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހައިސެންސް އޭސީ ޕްރިއޯޑާ ކުރެވޭނެ އެވެ. ހައިސެންސް އޭސީއާ އެކު ހިލޭ ބްރެކެޓް އަދި އިންސްޓޯލް ކުރާ ކިޓެއް ލިބޭނެ އެވެ. އަދި 1 އަހަރުގެ ސާވިސް ވޮރަންޓީ ލިބޭނެ އެވެ. މި އޭސީ ގަތުމުން، ގެއަށް އަދި ބޯޓަށް ވެސް ހިލޭ ޑެލިވަރީކޮށްދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ