ކަރަންޓް ސަބްސިޑީއަށް ފޯމުލާން ބޮޑު ކިޔުއެއް

ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީކުރަން ހުޅުވާލި މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، ސަބްސިޑީ ފޯމު ލުމަށްޓަކައި ގިނަ ބަޔަކު ކިޔުގައި ޖެހިއްޖެ އެވެ.
ކަރަންޓް ސަނބްސިޑީއަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް އެންސްޕާގެ މޭޒުތައް ސޯޝަލް ސެންޓަރާއި މީރާގެ ބޭރުގެ އިތުރުން ވެލާނާގެ ކައިރީގައި ވަނީ ބަހައްޓާފަ އެވެ. ފޯމު ލުމަށްޓަކައި އެ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔު ހަދާފަ އެވެ.
ކަރަންޓް ސަބްސިޑީއަށް އަކުން ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެންސްޕާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު ފޯމު ހުށަހަޅަން އިތުރު ފުރުސަތު ނުދޭނެ ކަމަށް އެންސްޕާއިން މައުލޫމާތުދެ އެވެ.
ކަރަންޓް ސަބްސީޑިއަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެންސްޕާއިން ހުޅުވާލީ ސަބްސިޑީ ލިބެން ނުވާ ބައެއް ފަރާތްތަކަށް ލިބެމުންދަތީ އާއި ސަބްސިޑީ ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ކަމަށް އެންސްޕާއިން ބުނެ އެވެ.
އެންސްޕާއިން ބުނީ ކަރަންޓް ސަބްސިޑީއަށް އެދޭ ހުރިހާ ފަރާތްތަކަށްވެސް ސަބްސިޑީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސަބްސިޑީ ފޯމުގައި ގިނަ މައުލޫމާތުތަކެއް ފުރަން ޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.
ކަރަންޓް ސަބްސިޑީ މީގެކުރިން ވިޔަފާރިކުރާ ތަންތަނަށް ދެމުންދިއަނަމެސް މިދިޔަ މަހުން ފެށިގެން ވަނީ ވިޔަފާރިތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލާފަ އެވެ. ސަބްސިޑީ ކަނޑާލުމުގެ ސަބަބުން މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެގެން ބައެއް ރަށްރަށުގެ ފިހާރަތައް ބަންދުކޮށް މުދަލުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
އެންސްޕާއިން ބުނީ ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވިނަމަވެސް އަލަށް އިމާރާތްކުރާ ތަންތަނުން ސަބްސީޑިއަށް އެދުމުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ސަބްސިޑީއަށް ހުށަހަޅާ ފަރާތުން މިހާރު ދިރިއުޅޭ ގެ ބަދަލުވެއްޖެނަމަ އެކަން އެންސްޕާއަށް
އަންގަންވާނެ ކަމަށާއި އޭރުން މީޓަރު ބަދަލުކޮށްދޭނެ ކަަމަށްވެސް އެންސްޕާއިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ