ކޯޓުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

މަސްތުވާއެއްޗެއް ބޭނުންކުރުމާއި އެތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓި ކުށުގެ މައްސަލާގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުން ދަނީ ސ.ހިތަދޫ، މިޞްރުގަނދަކޯޅިމާގެ ޢަލީ ވަޙީދު (34އ) އެވެ.
ފުލުހުން ބުނީ އަލީ ވަހީދަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރުނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހެއް ކަމަށެވެ.
ޢަލީ ވަޙީދު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ