ކޯޓުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން 4 މީހަކު ހޯދަނީ

ކްރިމިނަލް ކޯޓުން ބަލަމުންދާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓި ކުށުގެ މައްސަލައިގައި 4 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުން ދަނީ ސ.މީދޫ މޫންލައިޓް އަހްމަދު އަނީލް (31އ) އާއި ތ.ތިމަރަފުށި، ކަރަންކާވިލާ ޢަބްދުﷲ ޝަމީމް (42އ) އާއި ށ.ފުނަދޫ، ލަކީކޯނަރ އިދުރީސް ރަފީޢު (24އ) އަދި ކ.ގުރައިދޫ، އަންދަލީބުގެ އިބްރާހީމް ނަޘީމް (28އ) އެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންނަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށާއި އެތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓި ކުށުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް ހާޒިރުނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދައި ނުފެނިފައިވާ މީހުން ކަމަށެވެ.
ވީމާ މި 4 މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ