ކަރަންޓު ޓެރިފު ދަށް ކުރުމުން ބިލްތަކުން 40-17 % ކުޑަވާނެ

އެނާޖީ މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި އެވްރެޖުކޮށް 400ރ. 500ރ. އަރާ ގޭބިސީ އަކުން 25-27 ޕަސެންޓުގެ މަދުވުމެއް އަންނާނެ އެވެ. އެންމެ ބޮޑަށް ދަށް ވެގެންދާނީ 600 އިން ދަށުގެ ޔުނިޓުތައް ބޭންކުރާ ފަރާތްތަކަށެވެ.
ޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި ކަރަންޓު ބިލް ކުރަމުން ދިޔަ ޓެރިފް ބޭންޑަށް ބަދަލު ގެނައުމާއެކު ކަރަންޓު ބިލްތަކުން އެވްރެޖުކޮށް 40-17 ޕަސެންޓުގެ ދަށްވުމެއް ފާހަގަވާނެ ކަމަށް އަންދާޒާކޮށްފި އެވެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމަ އިން ފެށިގެން ކަރަންޓް ޓެރިފުތައް ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި އެއާ އެއްގޮތަށް އަމަލު ކުރަން ހަކަތައިގެ ހިދުމަތްދޭ ކުންފުނިތަކުގައި އެދިވަޑައިގެންފަ އެވެ.
މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިއަތު މުހައްމަދު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ މިއީ 1949 ގައި ރާއްޖޭގައި ކަރަންޓް އުފައްދަން ފެށިފަހުން ބެލިނަމަވެސް ގެންނަ ހެޔޮ ބަދަލެއް ކަމަށާ މި ބަދަލާއެކު 17 ޕަސެންޓް ފެށިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ބިލްތަކުން ފެނިގެންދާނެ އެވެ."އެވްރެޖުކޮށް ދަންނަވާނަމަ އެވްރެޖުކޮށް 400ރ. 500ރ. އަރާ ގޭބިސީ އަކުން 25-27 ޕަސެންޓުގެ މަދުވުމެއް އަންނާނެ،" މުއާވިއަތު ވިދާޅުވި އެވެ.
މި ވަރަށް ދަށްވެއްޖެނަމަ 500ރ. ކަރަންޓު ބިލަަށް މިހާރު އަރާ ގޭބިސީތަކުން 125ރ. ދެ ދަށްވުމަކާއެކު ބިލުގެ ޖުމްލަ 375ރ. އަށް ކުޑަ ވެގެންދާނެ އެވެ.
ޑރ. މުއާވިއަތު ވިދާޅުވީ މި ބަދަލާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ 600 އިން ދަށުގެ ޔުނިޓުތައް ބޭންކުރާ ފަރާތްތަކަށެވެ. އަދި މި ބަދަލު ގެންނަނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މި ބަދަލު ގެނައުމާއެކު ސްޓެލްކޯ އާއި ފެނަކަ އަށް ލިބޭ ގެއްލުން ކުޑަ ކުރަން މި ކުންފުނިތަކުގެ ހިންގުން ރަނގަޅުކޮށް އެފިޝެންޓް ކުރަން ފިޔަވަޅު އަޅުވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުން އޭނާ ތަކުރާރުކުރެއްވި އެވެ.
ޓެރިފްއަކީ އެނާޖީ އޮތޯރިޓީން އެކުލަވާލާ އެއްޗެކެވެ. ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ. މިހާރު ކަރަންޓު ޗާޖު ކުރަނީ ހަތް ބޭންޑްއަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ