ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވައިފައިވާ ގަރާރު އަލުން އެކަށައަޅުއްވައި، އެ ގަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނޭ މިންވަރު، ސަތޭކަ މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ.
އެ ގަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް ކުރިން ކަނޑައަޅައިފައިވަނީ ފަނަރަ މިލިއަން ޑޮލަރެވެ.
މި ގަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވައިފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނެ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓު ކުރަން ޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ