އެލައިޑްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް އިތުރު ފަސޭހަތަކެއް!

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ ބޮޑު
އިންޝުއަރަންސް ޚިދުމަތް، އެލައިޑް އިންޝުއަރަންސުން ގެންދަނީ އެ ކުންފުނީގެ
އެކިއެކި އިންޝުއަރަންސް ޕްލޭންތަކުގެ ފައިދާ ވީހާވެސް ފަސޭހައިން
ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން މަސައްކަތް ކުރަމުންނެވެ.
މޯބައިލް އެޕެއް މެދުވެރިކޮށް 2016 ގައި ޑިޖިޓަލް ޚިދުމަތްތައް ފަށައި، އަދި އޭގެ
ދެ އަހަރު ފަހުން "މައި
އެލައިޑް"ގެ ނަމުގައި
ޕޯޓަލްއެއް ގާއިމުކުރުމަށް ފަހު، މިއަދު މި ދެ ޕްލެޓްފޯމުން ލިބޭ ޚިދުމަތްތައް
ވެސް ދަނީ އިހުނަށް ވުރެ ބޮޑަށް ފުޅާވަމުންނެވެ.
2018 ވަނަ އަހަރު "މައި އެލައިޑް" ޕޯޓަލް
ވުޖޫދަށް އައީ އެލައިޑްގެ ހެލްތު އިންޝުއަރަންސް ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ
ޕޮލިސީގެ ލިމިޓުތައް ބެލުމަށާއި ކްލެއިމް ސަބްމިޓުކުރާ ޕޯޓަލްއެއްގެ ގޮތުގައެވެ.
ނަމަވެސް އޭގެ އަހަރެއް ފަހުން، 2019 ގައި "މައި އެލައިޑް" ޕޯޓަލް،
އެލައިޑްގެ އެހެނިހެން ކަސްޓަމަރުންނަށް ވެސް ފުޅާވިއެވެ. މޮޓޯ އިންޝުއަރަންސާއި،
މެރިން ހަލް އިންޝުއަރަންސާއި، އަޔާދީ ތަކާފުލްގެ އެކިއެކި ތަކާފުލް
ޚިދުމަތްތަކާއި، ޓްރެވަލް ތަކާފުލް އަދި ހޯމް ތަކާފުލްގެ އެކިއެކި ޚިދުމަތްތައް
މިވީ އަހަރުތަކުގައި "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ލިބޭ ގޮތް
ދިޔައީ ހަމަޖެހެމުންނެވެ.
މިވަގުތު "މައި އެލައިޑް" ޕޯޓަލް
މެދުވެރިކޮށް، އެލައިޑްގެ އެޕުން ވެސް ލިބޭ ހުރިހާ ޚިދުމަތެއް ހެން ލިބޭނެއެވެ.
އެގޮތުން ޑިޖިޓަލްކޮށް ލިބެން ހުންނަ ހުރިހާ އިންޝުއަރަންސް ނުވަތަ ތަކާފުލް
ޕްރޮޑަކްޓްސްގެ މަޢުލޫމާތު ބަލާލުމާއި، ޕްލޭނެއް ބައްލަވައިގަތުމާއި، ޕްލޭން
ރިނިއު ކުރުން ފަދަ ކަންކަން "މައި އެލައިޑް"އިން ކުރެވޭނެއެވެ.
Advertisement
"މައި އެލައިޑް" މެދުވެރިކޮށް ޕްލޭނެއް
ބައްލަވައިގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އޮންލައިން ފޯމެއްގެ ފަރުމާއަށް
ހަދާފައިވާ ޕްރޮޑަކްޓް ޕޭޖުތަކުގައި ހިމެނޭ ފީލްޑުތަކުގައި މަޢުލޫމާތުތައް
ފުރިހަމަކޮށްލައްވައިގެން ކުރިއަށް ދާންވީއެވެ. އަދި އޮންލައިންކޮށް ފައިސާ ވެސް
ދައްކާލަންވީއެވެ.
ބައްލަވައިގަނެފައިވާ ޕްލޭނެއްގެ ދަށުން
ކްލެއިމްއެއް ސަބްމިޓް ކުރައްވަން ބޭނުން ނަމަ އެކަން ވެސް "މައި
އެލައިޑް" މެދުވެރިކޮށް ކޮށްލެވޭނެއެވެ.
ކުރިއެކޭ ވެސް އެއްގޮތަށް ހެލްތު ޕޮލިސީތަކުގެ
ކަންކަން "މައި އެލައިޑް"އިން ކުރެވޭނެއެވެ. ހެލްތު ޕޮލިސީގެ ސްޓޭޓަސް
ބެލުމާއި، ޕޮލިސީގެ ލިމިޓުތަކާއި ބެލެންސް ބަލާލުމާއި، ޕޮލިސީގެ ދަށުން
ހިނގާފައިވާ މުއާމަލާތްތައް ވެސް ބަލާލެވޭނެއެވެ. އަދި ހަމަ އެއާއެކު، ރާއްޖެއާއި
ރާއްޖެއިން ބޭރުގައި އެލައިޑްގެ ހެލްތު ޕޮލިސީއަށް ޚިދުމަތްދޭ ހެލްތު
ސާވިސް ޕްރޮވައިޑަރުންގެ ލިސްޓު ވެސް "މައި އެލައިޑް"އިން ބަލައިލެވޭނެއެވެ. އަދި އެ ފަރާތަކުން ދެނީ "ކޭޝްލެސް" ނުވަތަ
"ރީއިމްބާސްމަންޓް" އުސޫލުންތޯ ވެސް މި ލިސްޓުން ބަލައިލެވޭނެއެވެ.
މީގެ އިތުރުން، "މައި އެލައިޑް"ގައި
މިހާރު ހިމެނިފައިވާ ވަރަށް ޚާއްސަ އެއް ޚިދުމަތަކީ ކަސްޓަމަރ ސާވިސްއާ ވަގުތުން
މުއާމަލާތްކުރެވޭ "ލައިވްޗެޓް" ޚިދުމަތެވެ. އެހެންކަމުން ދުނިޔޭގެ
ކޮންމެ ތަނެއްގައި ހުރެ ކޮންމެ ވަގުތަކު ވެސް އެލައިޑް އެޕާއި "މައި
އެލައިޑް" މެދުވެރިކޮށް ޚިދުމަތް ހޯދޭ ފަދައިން، ކޮންމެ ވަގުތަކު ވެސް
ކަސްޓަމަރ ސާވިސްގެ އެހީ އޮންލައިންކޮށް ހޯދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ