މި ފަހަރު ޒަކާތް ބަހަނީ ހުރިހާ ފަގީރުންނަށް އެއް ވަރަކަށް؛ ބޮލަކަށް 4،500 ރުފިޔާ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ހުރިހާ ފަގީރުންގެ މެދުގައި އެއް ހަމައަކުން ކަމަށާއި އެގޮތަށް ބަލާއިރު ކޮންމެ މީހަކަށް ވެސް 4،500 ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފިތުރު ޒަކާތް ބަހާ ގޮތަށް ގެނައި މި ފަދަ ފުރަތަމަ ބަދަލެވެ.
މީގެ ކުރިން ބަހަނީ، އެ ރަށަކަށް ޒަކާތުގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް، ރަށުގައި ތިބި ފަގީރުންގެ މެދުގަ އެވެ. އެހެންވެ ފަގީރުން މަދު ރަށްރަށުގައި އެ މީހުންނަށް ޒަކާތުގެ ގޮތުގައި ބޮޑު އަދަދަކުން ފައިސާ ލިބެ އެވެ. ބައެއް ރަށްރަށުގައި 8،000-12،000 ރުފިޔާ ލިބޭ ފަހަރު ވެސް ދެ އެވެ.
އެކަމަކު މިހާރު މިނިސްޓްރީން ނިންމީ ހުރިހާ ފަގީރުންނަށް ވެސް އެއް ވަރަކަށް ލިބޭ ގޮތަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި މީގެ މައިގަނޑު ބޭނުމަކީ ޒަކާތުގެ މަގްސަދުގެ ތެރޭގައި ހިމެނޭ އިޖްތިމާއީ އަދާލަތު ގާއިމުކުރުމެވެ.
"މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއް ބައެއް ކަމުގައި ބަލައި، އެގޮތުގެ މަތިން ބެހުން،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މި އަހަރުގެ ޒަކާތުގެ ފައިސާގެ ގޮތުގައި މިރެއާ ހަމައަށް 12.4 މިލިޔަން ރުފިޔާ ވަނީ ލިބިފައި.
ފަގީރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް ވެސް، އެއް ހަމައަކުން އެ ފައިސާ ބަހާނެ 
އެއީ ބޮލަކަށް 4،500 ރުފިޔާގެ މަގުން
މާލޭ ސަރަހައްދުގައި މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000 ރުފިޔާ ބެހި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ