އިޖުތިމާއީ ކަންކަން ހައްލުކުރަން މެޑަމް ސާޖިދާ ޖަމިއްޔާއެއް އުފައްދަވައިފި
އިޖުތިމާއީ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަން ޚާއްސަކުރައްވައިގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އުފައްދަވާފައިވާކަން އިއުލާނުކުރައްވައިފިއެވެ. މެޑަމް އެކަން އިއުލާނުކުރެއްވީ މޭކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ސާޖިދާ ވަނީ އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދަން ޚާއްސަކުރައްވައިގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވާފައިވާކަން އިޢުލާންކުރައްވާފައެވެ. މޭކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ. އެކަމަކު، އެ ޖަމިއްޔާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. ހަތްވަނަ އެމްއެފްއެފްއެލްއައި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މެޑަމް ސާޖިދާ މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ. އެ ކަމަނާވަނީ މީގެ ކުރިން ސިއްހީ ދާއިރާގައި ޚިދުމަތްކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް 'ސަދަގާތު ފައުންޑޭޝަން'ގެ ނަމުގައި އެ ފަދަ މަސައްކަތްތަކެއް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ