މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ބިނާ ކުރެއްވި ފުރަތަމަ މިސްކިތަކީ ކޮން މިސްކިތެއް؟
އެހީ:
ޤުބާ މިސްކިތް! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ހިޖުރައަށް މަދީނާއަށް ވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވެވި ކަމަކީވެސް ޤުބާ މިސްކިތް ބިނާ ކުރެއްވެވުމެވެ.
ޤުބާ މިސްކިތުގަ ނަމާދުކުރުމުގެ މަތިވެރިކަން:
ޙަދީޘްފުޅުގައި އޮތީ މީހަކު ގެއިން ވުޟޫކޮށްގެން ޤުބާ މިސްކިތަށް ގޮސް ނަމާދުކޮށްފިނަމަ އެއީ ޢުމުރާއެއް ފަދަ ކަމަށެވެ.
Sahl ibn Hunayf reported: The Messenger of Allah, peace and blessings be upon him, said, “Whoever purifies himself in his house, then comes to the mosque of Quba and prays in it, he will have a reward like the Umrah pilgrimage.”
Source: Sunan Ibn Mājah 1412
Grade: Sahih (authentic) according to Al-Albani
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރަސޫލް ޞޢޥ މަދީނާގަ ބިނާ ކުރެއްވެވި ފުރަތަމަ މިސްކިތަކީ ކޮން މިސްކިތެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ