ސުވަރުގޭގެ ވަހާމެދު ހުރި މިކަންކަން އެނގުނަސް ސުވަރުގެއާ ދިމާއަށް ދިއުމަށް އިންތިހާއަށް ދަހިވެތިވާނެ!

ސުވަރުގޭގެ ވަހަކީ ވަރަށް ގަދަ ވަހެއް، ވަރަށް ދިގު ރާސްތާއަކަށް ދުވާ ވަހެއް. އެވަސް އެންމެ ކައިރިން ދުވާވަރަށް އެންމެ ދުރަށްވެސް، އެ ވަސް ލިބޭ ހިސާބުގެ އެންމެ ދުރަށްވެސް އެވަސް ދުވާނެ. އަޅުގަނޑުމެންނަށް އެކިއެކި ރިވާއަތްތަކުގައި އެ ސުވަރުގޭގެ ވަސް 40 އަހަރުދުވަހަށް ދުވާކަމަށް، ބައެއް ރިވާއަތްތަކުގައި 70 އަހަރުދުވަހުގެ ރާސްތާއަށް، ބައެއް ރިވާއަތްތަކުގައި 100 އަހަރުދުވަހުގެ ރާސްތާއަށް، ބައެއް ރިވާއަތްތަކުގައި 500 އަހަރުދުވަހުގެ ރާސްތާއަށް އެ ސުވަރުގޭގެ ވަސް ދުވާކަމުގައި ވާރިދުވެގެން އައިއްސަ. މި ހުރިހާ ރިވާއަތްތަކަކީވެސް ހަމަ ވާރިދުވެގެން އައިއްސަހުރި ރިވާއަތް.   
އެހެންމަ ސުވަރުގޭގެ ވަހަކީ ވަރަށް ދުރު ހިސާބުތަކަށް ދުވާ ވަހެއް. އެ ސުވަރުގޭގެ ވަސް އެކި ރިވާއަތްތަކުގައި ތަފާތުވުމުގެ މުރާދުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ، އޭގެ މާނައަކީ އެކިއެކި އިންސާނުންގެ ހައިސިއްޔަތުން އެވަސް ތަފާތު. އެއީ ބައެއް މީހުންނަކީ ވަރަށް ތަޤުވާވެރި، ވަރަށް ދީންވެރި، ވަރަށް ބޮޑަށް އިސްލާމް ދީނަށްޓަކާ ޤުރުބާންވެ ވަޑައިގެން ތިއްބެވި ބޭކަލުން. އެހެންމަ އެބޭކަލުންނަށް ސުވަރުގޭގެ ވަސް އެތައްސަތޭކަ އަހަރެއްގެ ރާސްތާއިން ދުވަން ފަށާ. އަނެއް ބަޔަކަށް 70 އަހަރުގެ ރާސްތާއެއް، އަނެއް ބަޔަކަށް 100 އަހަރުގެ ރާސްތާއެއް. އެހެންމަ ދުރުމިން މި ބިނާވަނީ އެމީހާގެ ތަޤުވާވެރިކަން ﷲ ސުބުޙާނަހޫ ވަތަޢާލާއާ މީހާގެ ގާތްކަން ބޮޑުވިވަރަކަށް ސުވަރުގޭގެ ވަސް އޭނާއަށް ދުރުން ދުވާނެ. އެހެންމަ އެކީ މީހުންނަށް އެކި ހިސާބުތަކުން އެ ސުވަރުގޭގެ ވަސް ދުވާނެ. 
އަޅުގަނޑުމެންނަށް އިނގޭ އަސްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަށް، އުހުދު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެން ބައެއް ބޭކަލުން، އެބޭކަލުން ޝަޙީދުވެވަޑައިގަތުމުގެ ކުރީގައި އުހުދު މައިދާނުން ސުވަރުގޭގެ ވަސް ދުވި ބޭކަލުންވެސް އޭގެތެރޭގަ އެބަތިބި. އެހެންމަ ދުރު ރާސްތާއިން އެވަސް ދުވާނެ، އެ ސުވަރުގޭގެ މީރުވެގެންވާ ވަހެއް ވާކަން ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ސުވަރުގޭގެ ވަހުގެ ވާހަކަ، ސުވަރުގޭގެ އަރާމުގެ ވާހަކަ ބަޔާން ކުރައްވާފައިވޭ. 
އަބުއްދަރުދާ ވިދާޅުވެފައިވޭ، (އަރަބި) " އެ ސުވަރުގޭގަ އެބައިމީހުންނަށް މަސްތުވުމެއް ނުވާ އަދި ސިއްކަ ޖައްސަވާ ބަންދުކުރެވިފައިވާ ރާ ބޯންދެވޭނެއޭ." އޭގެ މާނައަކީ އެއަށް އެއްވެސް ކަހަލަ އިތުރު މާއްދާއެއް ވަދެފައެއް ނުހުންނާނެއޭ. އެއީ ޚާލިސް ރާ އެއީ އޭގެ ސީލް އޭނާ އަމިއްލައަށް ކަނޑާލާނީ، އިތުރު ތާކުން ބަންދު ކޮށްފަ ހުރި އެއްޗެއް ނޫން. ސުވަރުގޭގަ ﷲ ތަޢާލާ ބަންދު ކުރައްވާފަ ހުރި އެއްޗިހި. އެއަކަށް އިތުރު އެއްޗެއް ވަނުމުގެ ފުރުސަތެއް ނޯއްނާނެ. (އަރަބި)" އެ ބުއިން ނިމުމަކަށް ވަނީ މިސްކު (މިސްކަކީ ކަސްތޫރި) ކަސްތޫރީގެ ވަހުންނޭ އޭގެ ނިމުން ވާނީ." އެންމެ ފަހުން ނިމޭ ވަގުތުގައި އެދުވާ ވަސް، އެންމެ ނިމޭ ބުއިމަކީ އަދި އިތުރު ލައްޒަތެއް ގެނެސްދެވޭ ބުއިމެއް. (އަރަބި) " އެ ނިޢުމަތް ޙާސިލް ކުރުމަށްޓަކާ ވާދަކުރާ މީހުން ވާދަކުރާށޭ." އެ ނިޢުމަތް ޙަސިލް ކުރުމަށްޓަކާ ވާދަކުރާމީހުން ވާދަކުރާށޭ.
އެހެންމަ ސުވަރުގޭގެ މީރުވަސް ދުވާނެ އެތައް ސަތޭކަ އަހަރުދުވަހުގެ ރާސްތާއިން. އެއީ ކުރިން ދެންނެވިފަދައިން ކަށްވަޅުގައިވެސް، އިންސާނާ މަރުވުމަށްފަހު ކަށްވަޅުގައިވެސް އެ ސުވަރުގޭގެ މީރުވަހާއި އަރާމު އިންސާނާއަށް ލިބިލިބި ހުންނާނެ. އަޅުގަނޑުމެންނަށް އިނގޭ އެއްވެސް ފަރާތެއްގެ މެހްމާންދާރީ ފުރިހަމައެއް ނުވާނެ އެތަނެއްގެ ވަސް ފުރިހަމަ ނުވެއެއް. މީހާ ވަރަށް ގިނަ ދުވަހު ތަނެއްގައި ހުންނަން ފައިބާ ތަނެއްގަވެސް އެތާ ހުންނަ ވަހެއްގެ ސަބަބުން އޭނާ އެތަން ދޫކޮށްލާފަ ހިނގައިދާނެ. އެހެންމަ ވަހަކީ، މާކުރިން އެތަނެއްގެ މީރުވަސް ދުވުމަކީ އިންސާނާ އެތާންގަ ހަމަޖެހޭ ސަބަބު. އެތާންގެ ވަސް، އެތާންގެ މަންޒަރު، އެތާންގެ ރަހަ ރަނގަޅުވީމާ، ޚިދުމަތްދޭ ފަރާތްތައް ހިތްހެޔޮވީމާ އެތަނެއްގަ ކިތަންމެ ދުވަހަކުވެސް އޭނާ ދިރިއުޅެދާނެ. އެހެންމަ ވަހަކީ އިންސާނާ އޭގެ ސަބަބުން އެތަނަށް ނަފްރަތުވެސް ވާއެއްޗެއް. ވަހަކީ އޭގެ ސަބަބުން އިންސާނާ އެތަނަށް ގަޔާވެސް ވާ އެއްޗެއް.
އެހެންވީމާ ސުވަރުގޭގެ މީރުވަހަކީ ޙަދީޘްތަކުގައި ބަޔާންވެގެން އައިސްފައިވާ ގޮތުގައި އާއްމު އުސޫލަކުން ބަލައިފިއްޔާ މީކޮން ވަހެއްތޯ އަޅުގަނޑުމެންނާ ސުވާލު ކުރެވިއްޖެއްޔާ ކުރިން ދެންނެވި ފަދައިން ސުވަރުގޭގެ ގަސްގަހާ ގެހީގެ މާމެލާމެލީގެ މަލުގެ ވަސް އެއީ ޙަޤީގަތުގަ ވަހަކީ. އޭގެތެރޭގަ ބައެއް ގަސް ފާހަގަ ކުރެވިފައިވޭ. އޭގެ ތެރޭގައި ހީނާފަތް، ހީނާފަތް ގަހުގެ މަލުގެ މީރުވަސް. އެވަހުގެ ވާހަކަ ބައެއް ރިވާއަތްކުގައި ވާރިދުވެގެން އައިސަވޭ. އެހެންވީމާ އެތަނުގައި ގަސްގަހާ ގެހި، އެތަނުގައި މާމެލާމެލި، އެ މާމެލާމެލީގެ ވަހުން އެ ސުވަރުގެ ވާނީ އެއްވެސް ވެފަ. އަދި އެތައްސަތޭކަ އަހަރުދުވަހުގެ ރާސްތާއަށް އެ ސުވަރުގޭގެ ވަސް ދުވާނެ.
 
- ޝައިޚް އަޙްމަދު ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ