ކޮންމެ މީހަކުވެސް ނަމާދުކުރަން ބޭނުންވާނީ ޚުޝޫޢަތްތެރިކަމާއިއެކުގައެވެ. ނަމަވެސް އެއީ ހަމައެކަނި ބޭނުންވުމަކުން ކުރެވެން އޮތްކަމެއް ނޫނެވެ. އެކަން ޙާޞިލުކުރެވޭނީ ވަރަށް ބޮޑަށް ހިތްވަރުކޮށް އަދި މަސައްކަތްވެސް ކޮށްގެންނެވެ.
ދިރިއުޅުމުގެ ޒިންމާ ފުރިހަމަގޮތުގައި އުފުލާ ކޮންމެ މީހަކީވެސް މިއަދު ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރާ މީހަކު ނަމަވެސް، ނުކުރެވި ކިތަންމެ ގިނ ކަންތައްތަކެއް ހުރިނަމަވެސް މިސކިތަށް އަރަންވާނީ، ނަމާދަށް ފަށަންވާނީ އެހުރިހާ ކަންކަން ތިމާއާއި ވަކިކޮށްލުމަށްފަހު ސިކުނޑި މިނިވަންކޮށްގެންނެވެ. އަދި ގޭގައި ނަމާދުކުރިނަމަވެސްމެއެވެ.
މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ.
އެއީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް މީހަކަށް އޭނާގެ ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރުން ފިޔަވައި ދުނިޔަވީ އަމިއްލަ އެދުންތައް ހިފައިގެން މިސްކިތަށް އެރުމުން ނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެތީއެވެ!
ވީމާ ފުރަތަމަކަމަކަށް ނަމާދު ފުރިހަމަކޮށް ޛިކުރުތައް ކިޔައި ސުންނަތްވެސް ކުރާށެވެ! އެއަށްފަހު ތިމާ ބޭނުންވާ ކަންކަމުގެ ވާހަކަތައް ދަންނަވައި ދުޢާކުރާށެވެ! އެއިރުން އެމީހާގެ ބޭނުންތައް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ދެން އޮތީ ނަމާދުން ބޭރުގައި ވަގުތުހޭދަކުރާގޮތާއި ކުރާ ކަންކަމެވެ. ނިކަން ބުނެބަލާށެވެ! މިތަނުގައި ތމިތިބަ މީހުންގެ ތެރެއިން ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ހެޔޮ ޢަމަލެއް ކުރިން ހެއްޔެވެ؟ ޢާއިލާގެ މީހުންގެ ޙާލު ބެލިން ހެއްޔެވެ؟ އެހީތެރިވިން ހެއްޔެވެ؟ ބަލިވެ އޮތް މީހަކަށް ޒިޔާރަތްކުރިން ހެއްޔެވެ؟ ނިކަމެއްޗަކަށް ޞަދަޤާތެއް ކުރިން ހެއްޔެވެ؟
މިފަދަ ކޮންމެ ކަމަކީވެސް އެމީހެއްގެ ތަޤްވާވެރިކަން އިތުރުވެ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ފުރުޞަތު ބޮޑުވެގެންދާނެ ކަންކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތު ގެދަރުސަކުން
ކިތަންމެ ބުރަނަމަވެސް އަމިއްލަ ހުރިހާ ކަމެއް ހިތުން ބޭރުކޮށްލައިގެން ފެށުމުން ނޫނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ "ކޮލިޓީ ފެންވަރުގަ" ނަމާދެއް ނުކުރެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ