މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހު 10 ވަނަ ދުވަހު ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖު/ މާލެ، އަބްދުالله މުޙައްމަދު ޙަބީބް (44އ) އެވެ.
އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިންނެވެ. އަދި އެ މީހާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓު ފުލުހުންނަށް ފެނިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު އަބްދުالله މުޙައްމަދު ޙަބީބްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޮޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ