މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި މީހަކު ފެނިގެން ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.
ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނުނީ މައްޗަންގޯޅީގައި ހުރި ގެއަކުންނެވެ. އެ އިމާރާތުގެ ކައިރިއަށް އެމްބިއުލާންސާއި ސިއްހީ އެހީތެރިން ދިޔައީ ހެނދުނު 06:35 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ނެރެގެން ގެންދިޔައީ 08:30 ހާއިރު އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ހއ. ހޯރަފުށީ، ކުދިލުނބޯގެ، މުހައްމަދު ރާޒީ އެވެ.
އޭނާގެ މަރާ ގުޅޭ ތަހުގީގުގެއް ފެށިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެެ.
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ