ރާއްޖެ
އާއި އިންޑިއާ ސަރުކާރާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ
ދެއްކުމުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ އިތުރަށް
އިންޑިއާގެ ރުޕީސް އާއި ދިވެހި ރުފިޔާ ވެސް ބޭނުންކުރެވޭނެ ގޮތް ރިޒާވް ބޭންކް އޮފް
އިންޑިއާ (އާރުބީއައި)ން މިއަދު ހަމަޖައްސައިފި އެވެ.
ވީ
ކިހިނެއް؟ - އޭސީޔޫއަކީ އެ ނިޒާމުގައި ބައިވެރިވާ
ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި ހިންގާ
މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީ، ވިޔަފާރިއަށް
ފަހިކޮށްދޭ ނިޒާމެކެވެ.
އޭސީޔޫގެ
ބައިވެރިންގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އީރާން،
މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާގެ މަރުކަޒީ ބޭންކުތައް ހިމެނެ އެވެ.
ތަފްސީލު - އެކަމާ ގުޅޭ ފްރޭމްވޯކް ގާއިމުކުރުމަށްޓަކައި އާރުބީއައި
އާއި ދިވެހި މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ނޮވެމްބަރު 2024ގައި އެމްއޯޔޫއެއްގައި ވެސް
ސޮއިކޮށްފަ އެވެ.
އެ
ނިޒާމުގެ އިތުރަށް ފައިސާގެ މުއާމަލާތްތަކުގައި ރުޕީސް އާއި ދިވެހި ފައިސާ
ބޭނުންކުރުމުގެ ހުއްދަ އާރުބީއައިން ދިނީ މިއަދު އެވެ.
އާރުބީއައިން
މިއަދު އެކަން އަންގައި ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން
އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ރާއްޖެ-އިންޑިއާ ފައިސާގެ މުއާމަލާތްތަކުގައި ރުޕީސް އާއި ރުފިޔާ ބޭނުންކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ