ފުރަތަމަ ކަމަކަށް ބަލައިލަންވީ ގެއަށް ބޭރުން ދަރިން ގެނެވޭއިރުވާ ވަޢުދަށެވެ. ހިތާމައަކީ އެދަރިފުޅު ގެނެސް ގޭގެ ދޮރުން އެތެރެކުރެވުމާއިއެކު އެވަޢުދުމަތިން ހަނދާން ނައްތައިލެވޭ ކަމެވެ.
ފިރިހެން ދަރިފުޅު ކައިވެނިކުރުމުން ފިރިމީހާގެ ގެއަށް އަނބިމީހާ ގެންދާއިރު ފިރިމީހާގެ ޢާއިލާއިން ބުނަނީ އަމިއްލަ ދަރިއަކު ފަދައިން ބަލަހައްޓާނެ ކަމަށެވެ. އަޅާލައި އެހީތެރިވާނެ ކަމަށެވެ. ގޭގެ އަންހެން ދަރިންނާއި އެއްވެސް ތަފާތެއް ނުކުރާނެ ކަމަށެވެ. ގެއަށް ގެންދަނީ މިފަދަ އެތައް ވަޢުދުތަކަކާއިއެކުގައެވެ.
މިފަދަ ވަޢުދުތައްވުމުން އެދަރިފުޅު ގެއަށްދަނީ ވަރަށް އުންމީދާއިއެކުގައެވެ. އެކަމަކު ހަފްތާއެއް ދެ ހަފްތާވާއިރު ކަންކަން މުޅިން ބަދަލުވާން ފަށައެވެ. ގޭގެ ފަރިންނަށް ކުރަން ނުޖެހޭ މަސައްކަތްތައް ކުރަންޖެހި އެންމެންގެ ނޯކަރަކަށް ބަދަލުވެގެންދެއެވެ. އެހިސާބަކުންވެސް އަދި ނުނިމެއެވެ. ކުރެވޭ މަސައްކަތް ކަމުނުގޮސްގެން އެއްޗެތި ގޮވަންވެސް ފަށައެވެ.
ފިރިހެނުން ކިތަންމެ ނުރުހުނަސް ބުނަން އޮތީ ކަލޭމެންގެ ޢާއިލާއަށް ޚިދުމަތް ކުރުމަކީ ކަލޭމެންގެ އަނބިންގެ މައްޗަށް އޮތް ވާޖިބެއް ނޫންކަމަށެވެ. ދެފަރާތުގެ ގުޅުމުގެ ތެރެއިން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަނބިންނަށް ލިބިގެންވާ ކަމަށެވެ. އަދި ފިރިންގެ ޢާއިލާއަށް ޚިދުމަތްކުރަން އަނބިންނަށް މަޖުބޫރުކުރާނަމަ އެކަން ވާނީ އިންޞާފުން ބޭރުން ކުރާ އަމުރެއް ކަމަށެވެ.
އެހެނަސް ތަކުރާރުކޮށްލާނަމެވެ. އެއްފަރާތުން ހެޔޮކޮށް ހިތާނަމަ އަނެއް ފަރާތުންވެސް ހެޔޮކޮށް ހިތަންވާނެއެވެ. އަދި ހެޔޮކޮށް ހިތުމުގައި ވާދަވެސް ކުރަންވާނެއެވެ. އެއިރުން އެކަންކަން ވެގެންދާނީ އަޅުކަމަކަށެވެ.
ހަމަ އެއާއިއެކު ވިސްނައިލާށެވެ! ގިނަ ފަހަރަށް އޮންނަނީ އަމިއްލަ ދަރިންގެ ކިބައިންވެސް މާފުނުލިބިފައެވެ. އެހެންކަމަށްވާއިރު ބޭރުން ގެނެވޭ ދަރިފުޅަށް އަނިޔާވެރިވެފައި އޭނާގެ ހިތުގައި ޖައްސުވާފައި ފަހުން މާފަށް އެދުނަސް ދީލަތި މާފެއް ލިބުން ފަސޭހަވާނީ ކިހިނަކުން ހެއްޔެވެ؟ އެހެނަސް ވަރަށް ގިނަ ދަރިން މާފުކުރާކަން އެއީ އެދަރިންގެ ރަނގަޅުކަމެވެ. އެކަމަށް ޑަބަލްކޮށް ޝުކުރުވެރިވާންޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދަރިންގެ ކިބައިން މާފުނުލިބިގެންއުޅޭއިރު ގެއަށް ގެނެވޭ ދަރިންނަށް އަނިޔާވެރިވެ ހިތުގަ ޖައްސުވާފަ މާފަށް އެދުނީމަ ދީލަތި މާފެއް ލިބޭނީ މަދުފަހަރަކުކަން ޤަބޫލުކުރަންޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ