ހައްދުފަހަނައަޅާފައިވާ ޔަޙޫދީ ޓެރަރިސްޓުން ޣައްޒާ އަށް ފުޅާދާއިރާއެއްގައި ދޭންފެށި ވައިގެ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
އެންމެ ފަހުގެ ޙަމަލާތަކުގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ އިރު އެއިގެ ތެރޭގައި އެއްވެސް ކުށެއްނެތް މަޢްޞޫމް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ދިވަހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ދިން މި ހަމަލާއަކީ ހަނގުރާމަ ހުއްޓާލުމަށްވެފައިވާ އެއްބަސްވުމުގެ އިތުރުން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފަށް ހިންގާފައިވާ އަނިޔާވެރިކަން ބޮޑު ޖަރީމާއެއް ކަމަށެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންގެ އަނިޔާވެރިކަން އިތުރުވުން ހުއްޓުވުމަށާއި، ޣައްޒާގެ މައުސޫމް އާންމުން ރައްކާތެރިކުރުމަށާއި، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންކުރާ އަމަލުތަކުގެ ޒިންމާދާރުކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތަކަށް ރާއްޖެއިން ތަކުރާރުކޮށް ތާއީދުކުރާއިރު، އޭގެ ތެރޭގައި 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލު ދައުލަތެއް ގާއިމްކުރުން ހިމެނެ އެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ޣައްޒާއަށް ޙަމަލާދިނުން ހުއްޓުވުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ