ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން، އަލްމަރްހޫމް، އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އަށް އަހަރުން ދަށަށް ހާއްސަކޮށް ކުރިއަށްގެންދާ "މައިލޯ ސްވޭމް ޖޫނިއާސް" ގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ، ޖޫނިއާސް މުބާރާތުގެ ފައިނަލުގައި އޮޑިން ބައްދަލުކުރީ ބީޖީ އެކަޑަމީއާ އެވެ. އެ މެޗުން އޮޑި މޮޅުވީ 1-0 އިންނެވެ. މިއީ، ފަރީދު މުހައްމަދު (ފަރިއްޓެ)ގެ ކޯޗިން ޓީމުން، އޮޑިގެ އެކަޑަމީއާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބެވެ.
މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި، ފްރެންޑް ފުޓްބޯލް ފެމިލީ އެކަޑަމީ - ރަތަފަ އިން ވަނީ 1-0 އިން އެޑްވެންޗާސް ބަލިކޮށްފަ އެވެ.
ސެމީ ފައިނަލުގައި، ބީޖީ އެކަޑަމީ މޮޅުވީ އެޑްވެންޗާސް އަތުންނެވެ. އަދި، އޮޑި އެވެންޖާސް އިން ވަނީ ރަތަފަ އަތުން މޮޅުވެފަ އެވެ.
އޮޑި ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
މައިލޯ ސްވޭމް ޖޫނިއާސް" މުބާރާތުގައި، 18 އެކަޑަމީ އަކުން 28 ޓީމު، ކޮންމެ ޓީމެއްގައި، 18 ކުދިން ހިމެނޭ ގޮތަށް ބައިވެރިވެފައިވި އެެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މި މުބާރާތުގައި، ގާތްގަނޑަަކަށް 500 އެއްހާ ކުދިން ބައިވެރިވި ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. އަދި، މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، އެ ހުރިހާ ކުދިންނަށް ވެސް ކުޅެވޭނެ ގޮތަށް މޮޑިފައި ކޮށްގެންނެވެ. އެއީ، ކޮންމެ ޓީމަކަށް ވެސް، މަދުވެގެން ހަ މެޗު، ތިން ދުވަސް ތެރޭ ކުޅެން ލިބޭނެ ގޮތަށެެވެ.
މުބާރާތުގައި ބައިވެރިވި އެކަޑަމީތަކަކީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، ކްލަބް ވެލެންސިއާ، އެސްޕަޔާ އެކަޑަމީ، އޮޑި ސްޕޯޓްސް އެކަޑަމީ، ބީޖީ އެކަޑަމީ، ބިސް ބުރު ސްޕޯޓްސް އެކަޑަމީ، ފްރެންޑް ފުޓްބޯލް ފެމިލީ އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، ފޭސް ޓޫ ސޮކަ އެކަޑަމީ، އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑަމީ، ޔުނައިޓެޑް ވިކްޓަރީ، އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ، ދި ސްޓާސް އެކަޑަމީ، އައުއާ ދަނގެތި ފުޓްބޯލް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ސަސް އެކަޑަމީ، އަޝްފާގު އެކަޑަމީ އަދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.
މައިލޯ ސްވޭމް ޖޫނިއާސް ޗެމްޕިއަންކަން އޮޑި އަށް މައިލޯ ސްވޭމް ޖޫނިއާސް ޗެމްޕިއަންކަން އޮޑި އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ