قَالَ: وَإِنَّ الْعَبْدَ الْكَافِرَ (وفِي رِوَايَةٍ : الفَاجِر) إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا، وَإِقْبَالٍ مِنَ الْآخِرَةِ، نَزَلَ إِلَيْهِ مِنَ السَّمَاءِ مَلَائِكَةٌ [غلاظٌ شِدادٌ]، سُودُ الْوُجُوهِ، مَعَهُمُ الْمُسُوحُ [مِنَ النَّار]، فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ، ثُمَّ يَجِيءُ مَلَكُ الْمَوْتِ، حَتَّى يَجْلِسَ عِنْدَ رَأْسِهِ، فَيَقُولُ: أَيَّتُهَا النَّفْسُ الْخَبِيثَةُ، اخْرُجِي إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ
މާނައީ:
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ކާފިރުއަޅާ (އެހެން ރިވާޔަތެއްގައި ވަނީ ފާޖިރު އަޅާ) ދުނިޔޭގެ ޙަޔާތުން ވަކިވެ، އުޚުރަވީ ޙަޔާތާ އޭނާ ކުރިމަތިލާ ހިނދުގައި، އޭނާގެ ގާތަށް، އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ހަރުކަށި ގަދަފަދަ މަލާއިކަތުން ތަކެކެވެ. އެ މަލާއިކަތުންގެ މޫނުފުޅު ކަޅުވެގެންވެއެވެ. އެބޭކަލުންގެ އަތްޕުޅުގައި ކެހެރިންވާ ނަރަކައިގެ ލިބާހެއް ވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް އެބޭކަލުން އިށީނދެވަޑައިގެން ތިއްބަވާނެއެވެ. ދެން މަލަކުލްމައުތު ވަޑައިގެން، އެ މީހާގެ ބޮލުގެ ކައިރީގައި އިށީނދެވަޑައިގަންނަވާނެއެވެ. ފަހެ ވިދާޅުވާނެއެވެ. އޭ ނުބައިވެގެންވާ ނަފްސެވެ! ﷲގެ ކޯފާއާއި އެއިލާހުގެ ޢަޛާބު ލިބިގަތުމަށްޓަކައި ނުކުންނާށެވެ."
މިޙަދީޘްފުޅުގައި މިވަނީ ކާފިރުންގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ވަޑައިގަންނަވާނެ ގޮތުގެ ވާހަކައެވެ. ވިސްނާލަންވީ އެމީހާގެ ފުރާނަ ހަށިގަނޑުން ނެރުއްވަވައި އެފުރާނައިގައި ނަރަކައިގެ ފޭރާން ލެއްވެވުމުން ދެން ކަންތައްތައް ވެގެންދާނެ ގޮތަށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ފުރާނައަށް މަލާއިކަތުން އެވިދާޅުވާ ބަސްފުޅަށެވެ. " އޭ ނުބައިވެގެންވާ ނަފްސެވެ! ﷲގެ ކޯފާއާއި އެއިލާހުގެ ޢަޛާބު ލިބިގަތުމަށްޓަކައި ނުކުންނާށެވެ."
މުޚާޠަބް ކުރައްވަވަނީވެސް "އޭ ނުބައިވެގެންވާ ނަފްސެވެ!" ދެން އެއަށްފަހު ފުރާނައަށް އެބަޔާންކުރައްވަވައި އަމުރުފުޅު ކުރައްވަވަނީ "ﷲގެ ކޯފާއާއި އެއިލާހުގެ ޢަޛާބު ލިބިގަތުމަށްޓަކައި ނުކުންނާށެވެ."
ވިސްނާލަންވީ އެފަދަ މީހުންނަށް އެއިގެފަހުން ކުރިމަތިވާނެ ޙާލަށެވެ! ދެއްވަވާނެ ގަދަފަދަ ޢަޛާބަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކެހެރިންވާ ނަރަކައިގެ ފޭރާމެއް ހިއްޕަވައިގެން ޢަޛާބުގެ މަލާއިކަތުން ފައިބާވަޑައިގެން މަރުހިއްޕަވާނެ މީހަކަށްވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ