ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމާއެކީ، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބައިނަލްއަގުވާމި ދަތުރުތައް އާ ޓާމިނަލް ބަދަލުކޮށްފި އެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީި ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރުމާއެކީ، އެ އެއާލައިނުގައި ރާއްޖޭން ބޭރަށް ދަތުުރުކުރާ ފަސިންޖަރުން ފުރަން ދާން ޖެހޭނީ އާ ޓާމިނަލަށެވެ. މޯލްޑިވިއަން ވެގެން ދާނީ އާ ޓާމިނަލް ބޭނުންކުރާ ފުރަތަމަ އެއާލައިނަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު 2:00 ގައި، ކޮޗިންއިން މާލެއަށް އަންނަ މޯލްޑިވިއަންގެ ފްލައިޓުގެ ފަސިންޖަރުން ބޭނުންކުރާނީ އާ ޓާމިނަލެވެ. އަދި މި ފަސިންޖަރުން ވެގެން ދާނީ އާ ޓާމިނަލުގައި ހުންނަ އެއިރޯބްރިޖުތައް ބޭނުންކުރާ ފުރަތަމަ ފަސިންޖަރުންނަށެވެ.
މޯލްޑިވިއަންއިން ދަތުރުކުރާ ބޭރުގެ މަންޒިލުތަކުގެ ތެރޭގައި ކޮޗިންގެ އިތުރުން އިންޑިއާގެ ބެންގަލޫރޫ އާއި ޗައިނާގެ މަންޒިލުތައް ހިމެނެ އެވެ.
އަގު ބޮޑު، ކުލަ ގަދަ، ރަސްމިއްޔާތަކަށް ފަހު ރޭ ހުޅުވި ވީއައިއޭގެ އާ ޓާމިނަލު މި ވަގުތު ބޭނުންކުރަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެމްއޭސީއެލްއިން ބުނެފައި ވަނީ ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރެވޭނީ ސެޕްޓެމްބަރު މަހު ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 30 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރެ އެވެ. އޭގެ ތެރެއިން އަށް އެއާލައިނަކުން ދަތުރުކުރަނީ ޔޫރަޕުގެ މަންޒިލުތަކުންނެވެ. ދެން ހުރި ހުރިހާ އެއާލައިނުތަކަކީ އޭޝިއާގެ އެކި މަންޒިލުތަކުން ދަތުރުކުރާ އެއާލައިންތަކެވެ.
މި ހުރިހާ އެއާލައިނުތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވެންދެން، އިންޓަނޭޝަނަލް ދަތުރުތަކަށް އާ ޓާމިނަލާއި މިހާރުގެ ޓާމިނަލް ވެސް ބޭނުންކުރާނެ އެވެ. އާ ޓާމިނަލަށް ހުރިހާ އެއާލައިނުތައް ބަދަލުކުރެވުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ ޑޮމެސްޓިކް ދަތުރުތަކަށް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު، އަދި އެންމެ އަގު ބޮޑު މަސައްކަތެވެ. މެދުއިރުމަތީގެ ތިން ގައުމެއްގެ ސޮވްރިން ފަންޑާއި އޮޕެކް ފަންޑުން ލޯނު ނަގައިގެން ތަރައްގީކުރި މި ޓާމިނަލަށް 438 މިލިއަން ޑޮލަރު ހަރަދުވި އެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އާ ޓާމިނަލަށް، ފަށަނީ ކޮޗިން ފްލައިޓުން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އާ ޓާމިނަލަށް، ފަށަނީ ކޮޗިން ފްލައިޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ