ބ. ތުޅާދޫ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވެސް ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރި އެވެ. ނަމަވެސް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށީ ރިޔާސީ އިންތިހާބާ ކައިރިކޮށްފަ އެވެ.
އެއާ އެކު އޭރު އޮތް ސަރުކާރުން "އަޅަން، ނާޅަން" އުޅޭ އެއާޕޯޓު ނިންމައިދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ތަފްސީލު - މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ، ބިން ހިއްކަން 2023ގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރަން މިއަދު ހަވާލުކުރީ:
570 މިލިއަން ރުފިޔާއަށް
660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އެ މަސައްކަތުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކާނެ
2،804 މީޓަރުގެ ރޮކް ރިވެޓްމަންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖަހާނެ
ކޯޑް 3ސީއަށް ގާއިމްކުރާ ތުޅާދޫ އެއާޕޯޓުގައި 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އަޅާނެ އެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީ ސަރުކާރުގައި ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެއީ:
653 މިލިއަން ރުފިޔާގެ އަގަކަށް، 44.70 ހެކްޓަރުގެ ބިން ހިއްކަން
އެ މަޝްރޫއު ނިމޭނެ ތާރީހެއް، އެއްބަސްވުމުގައި ސޮއިކުރި ދުވަހު ނުބުނޭ
ތުޅާދޫ އެއާޕޯޓަށް ބިން ހިއްކަން 570 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ