މަގުމަތިން ހުއްޓުވުމުން ފުލުހުންނަށް ނުބައި ނަމެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް މަގުމަތިން ހުއްޓުވުމުން ފުލުހުންނަށް ނުބައި ނަމެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް

މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް މީހެއްގެ އަމަލު ހުރިގޮތުން އެ މީހާ ހުއްޓުވައި ކާކުކަން އަންގައިދިނުމަށް އެދުމުން ނުބައި ނަމެއް ދިން މައްސަލައިގައި އުފުލި ޝަހްސު އޮޅުވައިލިކަމުގެ ދައުވާ ސާބިތުވުމުން ހަތަރު މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފި އެވެ.
އިބްރާހިމް އަގްލީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހަތަރު މަހާއި 24 ދުވަސް ވަންދެން ޖަލަށް ލުމަށެވެ. ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތަށް އުނި ކުރުމަށްފަހު ހުކުމް ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި ހަތަރު ދުވަހެވެ.
ނޮވެމްބަރު 3، 2022، ގައި ރ. މަޑުއްވަރިއަށް ނިސްބަތްވާ އިބްރާހިމް އަގްލީމް ނަމަކަށް ކިޔާ އެމީހާ ހުއްޓުވައި ފުލުހުން ސުވާލުކުރުމުން ބުނީ އޭނާއަށް ކިޔަނީ މުހައްމަދު އަގްލީމް ކަމަށެވެ.
ވައްކަން ކޮށްގެން ފިލަން އުޅުމުގެ ތުހުމަތުގައި އިބްރާހިމް އަގްލީމް ހައްޔަރުކޮށް ބެލި ބެލުމުން އޭނާއަކީ އިބްރާހިމް އަގްލީމްކަން ފުލުހުންނަށް އެނގުނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމުންނެވެ.
އެ މައްސަލައިގައި ޝަރީއަތް ފަށައި ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އިބްރާހިމް އަގްލީމް ވަނީ އޭނާއަށް ފުލުހުން ކައިރީގައި އޭނާއަކީ މުހައްމަދު އަގްލީމް ކަމަށް ބުނިކަން ކަށަވަރުކޮށްދީ އޭނާ ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.
ދައުވާއަށް އިބްރާހިމް އަގްލީމް އިއުތިރާފްވީ ނަމަވެސް، އޭނާ އިބްތިދާއީ މަރުހަލާގައި ކުށަށް އިންކާރު ކޮށްފައިވާތީ ގާނޫނުލްއުގޫބާތުގެ ދަށުން ބަންދަށް އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ