ތައިލެންޑުގައި މި މަހު ކުރިއަށްދިޔަ ތައިލެންޑް އެމޭޗާ އެސޯސިއޭޝަން އޮފް ޕަވާލިފްޓިން (ޓާޕް) ކޮލިފަޔާ ދޭއްގައި ރާއްޖޭގެ ޕަވާލިފްޓިން ޓީމު ވާދަކޮށް ހަތަރު ރަން މެޑަލާއި ދެ ރިހި މެޑަލް ހޯދައިފި އެވެ.
ޓާޕް ކޮލިފަޔާ ދޭއް އަކީ، އިންޓަނޭޝަނަލް ޕަވާލިފްޓިން ފެޑެރޭޝަން (އައިޕީއެފް) އިން ރުހުންދީފައިވާ މުބާރާތެެކެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންނަކީ، އިމްކާން އިބްރާހިމް، އާދަމް މިބްސާމް ސަލީމް، ރިކްޒު އާދިލް ޖަލީލް، އިބްރާހިމް ތޯއިފް އަހުމަދު، ދީނާ އަބޫބަކުރު އަދި މަރިޔަމް އަފްޒާ ހަސަން އެވެ.
އެ ގޮތުން ރަން މެޑަލް ހޯދާފައިވަނީ، އަންހެނުންގެ 47 ކިލޯގެ އޯޕަން ކެޓަގަރީގައި ވާދަކޮށް، މަރިޔަމް އަފްޒާ ހަސަން، ފިރިހެނުންގެ 66 ކިލޯ އޯޕަން ކެޓަަގަރީގައި މިބްސާމް، ފިރިހެނުންގެ 59 ކިލޯ އޯޕަން ކެޓަގަރީން ރިކްޒު އަދި، ފިރިހެނުންގެ 66 ކިލޯގެ އޯޕަން ކެޓަގަރީން ތޯއިފް އެވެ. އަދި، ރިހި މެޑަލް ހޯދާފައިވަނީ، އަންހެނުންގެ 63 ކިލޯ ކެޓަގަރީން ދީނާ އާއި ފިރިހެނުންގެ 74 ކިލޯގެ އޯޕަން ކެޓަގަރީން އިމްކާން އަށެެވެ.
ފިރިހެނުންގެ 66 ކިލޯ އޯޕަން ކެޓަަގަރީގައި މިބްސާމް ވާދަކުރިއިރު، 578 ކިލޯ ޖުމްލަ އެކު އުފުލައި، އެއް ވަނަ ހޯދިއިރު، ޖުމްލަ އެކުގެ ނަތީޖާ އަށް ބަލާއިރު، ދެ ވަަނަ އަށް އެންމެ މޮޅު ލިފްޓަރުގެ މަގާމު ވަނީ ލިބިފަ އެެވެ. އަދި، 66 ކިލޯ ކެޓަގަރީގައި، 260.5 ކިލޯ ޑެޑްލިފްޓް ހާސިލްކޮށް، ތައިލެންޑްގެ ޖޫނިއާ ރެކޯޑެއް ވަނީ ހަދައިފަ އެވެ.
ތައިލެންޑްގެ އިތުރުން، ރާއްޖޭގެ ޕަވާލިފްޓިން އެތުލީޓުން ވަނީ މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތްތަކުގައި ވެސް ރަނގަޅު ވާދައެއްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ޕަވަލިފްޓަރުން ކާމިޔާބ ހޯދަމުން އަންނައިރު، އަންނަ މަހު ރާއްޖޭގައި ޕަވަލިފްޓިން މުބާރާތެއް ބޭއްވުމަށް ވެއިޓްލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ޕަވާލިފްޓިން ޓީމަށް ހަތަރު ރަން މެޑަލާއި ދެ ރިހި މެޑަލް ރާއްޖޭގެ ޕަވާލިފްޓިން ޓީމަށް ހަތަރު ރަން މެޑަލާއި ދެ ރިހި މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ