މުލީގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް އައު ޖަނަރޭޓަރެއް އިންސްޓޯލްކުރަން ފަށައިފި

މ. މުލިން ކަރަންޓް ކެނޑުމާއި ގުޅިގެން އައު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މ.މުލީގައި ކަރަންޓު ދިނުމަށް ބަހައްޓާފައިހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ.
މިއާއެކު މައްސަލަ ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން 600 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް އެރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތްކުރާކަމަށް ފެނަކައިން ވިދާޅުވިއެވެ.
މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ