މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާވެސް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
އައިޓަމްސް ފިހާރަ ކައިރީގައި 2017 ވަނަ އަހަރު ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާކުރާ މައްސަލަ ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ކުރިން ނިންމީ އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ކުރިން ހުށަހެޅުމުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އޭރު އަމުރުކުރި އެވެ.
ސައްމާހުގެ ބަންދާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމުމަށްފަހު ވެސް ހައި ކޯޓުން މިދިޔަ ހަފުތާގައި އަނެއްކާވެސް ނިންމީ ސައްމާހު ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މޫސަގެ މަރުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މޫސަގެ މަރުގެ ތުހުމަތުވާ މީހާ ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ