ހައުސިން މަޝްރޫއުތަކުން ޓޫރިޒަމް ދާއިރާގެ މީހުންނަށް ޖާގަ ލިބޭނެ: ރައީސް މުއިއްޒު
ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށާއި އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ކަނޑައެޅުއްވުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ."ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ. މީދޫ، ނަރުގިސް، ތޯހާ ހުސައިން ރައީސް މުއިއްޒާ ސުވާލުކުރީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ބޯހިހިޔާވަހިކަމާ ގުޅޭ ގޮތުންނާއި އެ ސިނާއަތުގެ މަސައްކަތްތެރިންގެ މަޝްވަރާ ސަރުކާރުން ހޯދުމުގެ ކަންތައްތަކުގަ އެވެ.ބޯހިޔާވަހިކަމާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަހައްދުން އެކަނި ނޫން ކަމަށެވެ.ރައީސް މުއިއްޒު ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ."އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މި އުޅެނީ. ވަރަށް އުންމީދުކުރަން މިއަހަރުގެ ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ